އެމްޑީޕީގެ އަންހެން މެމްބަރުން ހަނުތިބީ އީސައާއިއެކު ވީހާލެއްގައިވާން: ޖަމީލް

އެމްޑީޕީގެ އަންހެން މެމްބަރުން ހަނުތިބީ އީސައާއިއެކު ވީހާލެއްގައިވާން: ޖަމީލް

Author
މުޙައްމަދު ޖިމީ
21 މެއި 2021 04:35
0

ގެވެށި އަނިޔާގެ ތުހުމަތތަކާއި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެމްޑީޕީގެ މަޖިލިސް އަންހެން މެންބަރުން، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު އީސާއަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވެފައ ނުވާތީ ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު އީސަގެ މައްޗަށް ކުރެވެނީ އޭނަގެ އަނބިކަނބަލުންނަށް ގެވެށިއ ަނިޔާކުރިކަމުގެ ތުހުމަތެވެ. އަދި ދެއަހަރު ދުވާ ދަރިފުޅު ބެލްކަނިން ބޭރަށް އެއްލާލަން އުޅުމުގެ ތުހުމަތެވެ. އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ މައްސަލަގައި އެމްޑީޕީއަށް ނިސްބަތްވާ އަންހެން ހަތަރު މެންބަރުންވެސް މިފަހަރު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބެވީއެވެ. މިކަމާއި ގިނަ ބައެއްގެ ފާޑުކިއުން އެ މެންބަރުންނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް އެތައް ބަޔަކަށް ފާޑުވިދާޅުވި އެމެންބަރުން މިފަހަރު އީސާގެ މައްސަލަ ދިފާޢޫކުރައްވަނީ ޕާޓީގެ މެންބަރަކަށްވާތީއޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ، އެމްޑީޕީ އިންސާފޭ ކިޔަނީ ކޯއްޗަކަށްތޯ ސުވާލުކުރައްވާފައެވެ. ގެވެށިއަނިޔާފަދަ ކުށްތަކާއި އެޕާޓީއަށް ދެކޮޅުހެދޭކަށް ނެތްކަމަށާއި، ޕާޓީތެރޭ އޮތް ސަގާފަތާއި ބައެއް ބާރުގަދަ ފިރިހެނުން ދިފާޢުކުރުން އަބަދުވެސް މާ މުހިއްމުކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ގެވެށި އަނިޔާގެ ތުހުމަތުތަކާއެކު އީސަ ހައްޔަރުކުރުމަށް ޕީޖީ އެދުނު ކޯޓް ަމުރު ކްރިމިނަލް ކޯޓުން ނެރެދީފައެއް ނުވެއެވެ.

ގެވެށި އަނިޔާގެ މި މައްސަލާގައި އެމްޑީޕީގެ މަޖިލިސް ހަތަރު އަންހެން މެންބަރުން ހަނުތިއްބެވއިރު، މީގެ ކުރިން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެފައިވަނީ،  އެ ގޮނޑީގައި އީވާ އިންނަވަނިކޮށް އަންހެނުންނަށް ގޯނާކުރަން ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި އަންހެނުންގެ ހައްގުގައި އަދި ހިމާޔަތުގައި ދައްކާ ވާހަކަ ގަލޮޅު އުތުރު ދައިރާގެ މައިކުން ކެނޑިގެން ނުދާނެކަމަށް ވަރަށް ޖޯޝާއި ފޯރީގައި އީވާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.