ފަލަސްތީން މައްސަލާގައި ރައީސް ނަޝީދާއި، ދަރިކަނބަލުން ޚިޔާލު ތަފާތު!

ފަލަސްތީން މައްސަލާގައި ރައީސް ނަޝީދާއި، ދަރިކަނބަލުން ޚިޔާލު ތަފާތު!

Author
މުޙައްމަދު ޖިމީ
21 މެއި 2021 03:05
0

ފަލަސްޠީން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ޚިޔާލުތަފާތުވެއްޖެއެވެ.

ފަލަސްތީނަށް، އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރައްވާ ރައީސް ނަޝީދު ވަނީ ފަލަސްތީން މިނިވަންކަމަށް ގޮވާލައްވާފައެވެ. އަދި އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ފަލަސްތީންގެ މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތް އުފެއްދުންކަމަށް ވިދާޅުވެފައެވެ.

ބައްޕާފުޅުގެ މިވާހަކަތަކަށް ދެބަސްވެވަޑައިގަންނަވާކަން ހާމަކުރައްވާ މީރާ ވިދާޅުވީ، ފަލަސްތީނަކީ ފަލަސްތީންކަމަށާއި، އެތަނުގައި އިތުރު ދައުލަތެއް އޮވެގެން ނުވާނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ފަލަސްތީންގެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލުން އެޤައުމުން ފައިބަން ޖެހުން ނޫންކަމަށްވެސް މީރާ ވިދާޅުވެފައިވެއެވެ.

1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
What you have said (Meera) is correct.
ދ ދެބަފައިން
މާތްކަލާކޯ!!! މީޑިއާއަށް ތިޔަވަރަށް މަޝްހޫރުނުވިޔަސް ބައްޕާ ފުޅަކީ އާލާސްކަންފުޅުގައި މިވަގުތު ޖަތުމަނުން ފަރުވާހޯއްދަވާ ، ދިވެހީންގެ ލޯބިލިބިލައްވާ ވެރިއެއް. ދަރިކަނބަލުންނަކީ މިހާރު ވިދަމުންއަންނަތަރިއެއް. ބައްޕާފުޅަށް އަވަސް ޝިފާއެއް ލައްވާށި !