ޑޮކްޓަރުގެ އިލްތިމާސް: ސިއްޙީ ޚިދުމަތްތެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، ޝަކުވާތަކުގެ އަޑުއައްސަވާ!

ޑޮކްޓަރުގެ އިލްތިމާސް: ސިއްޙީ ޚިދުމަތްތެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، ޝަކުވާތަކުގެ އަޑުއައްސަވާ!

Author
މުޙައްމަދު ޖިމީ
21 މެއި 2021 02:34
0

ސިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވެފައި މިވަނީ ވަރަށް އުނދަގޫ ދުވަސްތަކަކާކަމަށާއި، ސިއްޙީ ޚިދުމަތްތެރިން ޝަކުވާތަކަށް  އެމީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި އަޑުއެހުމަށް އެތެރެހަށީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު ޢަލީ ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތުނުރައްކާވެ ބަލި ޖެހޭ މީހުންނާއި، ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކޯވިޑް ރާއްޖޭގައި ފެތުރެމުން އަންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ސިއްޙީ ޚިދުމަތްތެރިން ވަނީ ވަރބަލިވެފައެވެ.

ޑރ.މުޙައްމަދު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑްގެ މި އުދަގޫ ވަގުތުގައި ސިއްޙީ ޚިދުމަތްތެރިން މަސައްކަތްކުރަނީ އެމީހުންގެ އެންމެ ފުރިހަމައަށްކަމަށެވެ. މިއީ އެމީހުންގެ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ އަދި ހިތްދަތި ވަގުތުކަމަށާއި، އެހެންކަމުން އެމީހުންގެ ޝަކުވާތަކެއްވެސް ހުންނާނެކަމަށެވެ. އެ ޝަކުވާތައް ކުރުމުން އަދަބު ދިނުމުގެ ބަދަލުގައި އެ ވާހަކަތކުގެ އަޑު އެހުމަށް ޑޮކްޓަރ ވަނީ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

ޑޮކްޓަރ ވަނީ ސިއްޙީ ޚިދުމަތްތެރިން ފާޅުކުރަން ބޭނުންވާ ޚިޔާލުތައް ފާޅުކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މުއައްސަސާތައް ކުއްވެރިނުވާގޮތަށް އެކަން ކުރުމަށް ޑޮކްޓަރ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މި މަހަކީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި އަދި މަރުވި މަހެވެ. އެގޮތުް މިމަހުގެ މިހާތަނަށް އެކަނިވެސް 45އަށް ވުރެ ގިނަ މީހުން ކޯވިޑްގައި ވަނީ ނިޔާވެފައެވެ. އަދި އިއްޔެ އެކަނިވެސް 2000އަށް ވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވިއެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައި ވީނަމަވެސް، އެމީހުންނަށް ފަރުވާދިނުމަށް ތިބީ އެއް ބައެއްކަމަށާއި، އެމީހުން މިހާރ ވަރުބަލިވެފައިވާކަން ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށާއި، ސިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ފުރިހަމައަށް ކިޔަމަންވުމަށްވެސް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
ތިކަމާ ދެކޮޅު. ޑޮކްޓަރުންނަކީ ވަކި މަތިން ފައިބާފަވާ ބައެއް ނޫން. މި ޤައުމުގަ ރައީސުންނަށްވެސް ކުށް ކޮށްފިއްޔާ އެކަކުގެ ހައްޤު އަދަބު ލިބޭނެ. ތީ ދެން ވަކި ކޮންބައެއް. ޑޮކްޓަރުންވެސް ކުރާ ކުށްތަކަށް ވާ އިޙްމާކަށް ހައްޤު އަދަބު ދޭންޖެހޭނެ. ހީނުކުރާތި ތިޔައީ ވަކި ޤާނުނަށްވުރެ މަތީގަ ތިބޭބަޔެއްކަމަށް.