ކޯވިޑް19 އަށް ޕޮޒިޓިވްވި ދެވަނަ މީހަކު މިއަދު ނިޔާވެއްޖެއެވެ. އެންމެފަހުން ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އެމީހާ ނިޔާވީ ހެނދުނު 10:54 ހާއިރުއެވެ. މިއީ ރާއްޖޭޣަިއ މިބަލީގައި ނިޔާވީ 118 ވަނަ މީހާއެވެ. އަދި މިބަލީގައި މިމަހު ނިޔާވި 45 ވަނަ މީހާއެވެ.
ރޭ ފަތިހުވެސް ރާއްޖެއިން މީހަކު ނިޔާވެފައިވެއެވެ. އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 77 އަހަރު ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ދަންވަރު 4:06 ގައެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 117 ވަނަ މީހާއެވެ.
މީގެއިތުރުން އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯވިޑް19ގައި 93 އަހަރުގެ އަންހެނަކު ރޭގެ 10:44 ގައިވެސް ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 93 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.
މީގެއިތުރުން އިއްޔެވަނީ ރެކޯޑު އަދަދަކަށް ރާއްޖެއިން ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ