ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާހުކުރުމަށް ސަރުކާރުން ވީ ވައުދާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މުހިންމު ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.
ގެވެށި އަނިޔާގެ ތުހުމަތުކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމަށް ޕްރޮސެކިއުޓަރެ ޖެނެރަލްގެ އޮފީހުން އެދުނު ޢަމުރު ނެރެނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން، އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމަށް އަންނަންވެގެން ދެއްކި ވާހަކައަކީ ވެރިކަން ލިބުނީމަ ޖުޑީޝަރީ އިސްލާހްކުރާނެކަމުގެ ވާހަކަކަމަށެވެ. ވެރިކަން ލިބުމުން ބުނީ ޖުޑީޝަރީ އިސްލާހުކުރުމަށް މަޖިލިސް މެޖޯރިޓީ ބޭނުންވާ ވާހަކަކަމަށް އުޝާމް ވިދާޅުވިއެވެ. އެ ހުރިހާ ބާރެއް ލިބުމުން މިގައުމުގަ އިންސާފު ގާއިމް ނުކުރެވިގެން މިއުޅެނީ ކޮން ބާރެއް ނުލިބިގެންތޯ އުޝާމް ސުވާލުކުރެއްވިއެވެ.
ވެރިކަމަށް އަންނަންވެގެން ދެއްކި ވާހަކައަކީ ވެރިކަން ލިބުނީމަ ޖުޑީޝަރީ އިސްލާހްކުރާނަމޭ. ވެރިކަން ލިބުނީމަ ބުނީ ޖުޑީޝަރީ އިސްލާހުކުރުމަށް މަޖިލިސް މެޖޯރިޓީ ބޭނުމޭ. ވެރިކަން ލިބިއްޖެ. މަޖިލިސް ލިބިއްޖެ. ކޮން ބާރެއް މަދުވެގެންތަ މިގައުމުގަ އިންސާފު ގާއިމް ނުކުރެވިގެން މިއުޅެނީ؟
– މެންބަރު އަޙްމަދު އުޝާމް
ގެވެށި އަނިޔާގެ ތުހުމަތުކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމަށް ޕްރޮސެކިއުޓަރެ ޖެނެރަލްގެ އޮފީހުން އެދުނު ޢަމުރު ނެރެނުދިނުމަށް ކްރިމިނަލް ކޯޓުން ނެރެ ނުދިނުމުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.މަޢުލޫމާތު ލިބިފައިވާގޮތުން މެންބަރު އީސަ ވަނީ އަނބިކަނބަލުން އަސްރާ ނަސީމަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު ނުވަވަނަ ފަންގިފިލާއިން ބޭރަށް އެއްލާލާނެކަމުގެ އިންޒާރުވެސް އީސަ ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. “ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ.
ޝަރުއީ ނިޒާމަށް ބޮޑެތި ފާޑުކިއުންތަކެއް އުޝާމް އަމާޒުކުރައްވާފައިވާއިރު، މި ސަރުކާރު އައީ ޝަރުއީ ނިޒާމް އިޞްލާހު ކުރުމުގ ވަޢުދާއެކުއެވެ. އަދި ޖޭއެސްސީގެ ކޮންޕޮޒިޝަންވެސް ބަދަލުކުރައްވާނެކަމަށް ވިދާޅުވެގެންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރާއި ބައި ވެގެން ދިޔައިރުވެސް ޝާރުޢީ ނިޒާމަށް އެ ބަދަލު ގެނެވިފައިނުވާކަމަށް ބުނެ ގިނަ ބައެއްގެ ފަޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ