ރާއްޖޭގައި ކޯވިޑް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ކޮންޓެކްޓް ޓްރޭސިންއަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން އައިމިނަތު އަރޫޝާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސގެ ފަރާތުން ދެންގުޅާނީ ހައިރިސްކު ނުވަތަ ނުރައްކާ ބޮޑު މީހުންނަށްކަމަށެވެ. އެގޮތުން 60 އަހަރުން މަތި މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، މާބަނޑުމީހުން ފަދަ މީހުންގެ ކޮންޓެެކްޓް ޓްރޭސިން ކުރިނަމަވެސް، އެހެން ފަރާތްތަކުން އެކަހެރިވެ އަމިއްލައަށް އެޗްޕީއޭއަށް އެންގުމަށް އެދޭކަމަށެވެ.
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު 1000އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވަމުން އައުމަށްފަހު މިއަދު ރިޕޯޓްކޮށްފައިވަނީ ރެކޯޑް ޢަދަދަކަށް ބަލި ޖެހުނު ދުވަހެއްގެ ގޮތުގައެވެ. އެގޮތުން 2000އަށް ވުރެ ގިނަ މީހުން މިއަދު ޕޮޒިޓިވްވިއެވެ. މިއާއެކު މިހާރު ކޯވިޑް ބަލިމީހުންގެ ގޮތުގައި ފަރުވާދެމުން އަންނަ 20،000އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް 114 މީހުން ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ