ރާއްޖެގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިންދޭން ފަށައިފި

ރާއްޖެގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިންދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
20 މެއި 2021 08:08
0

މާބަނޑު މީހުންނަށް ރާއްޖޭގައިވެސް ފައިޒަރ ވެކްސިން ދޭން ފަށައިފިއެވެ. ރާއްޖޭގައި ކޯވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވެ، ބަލީގައި ނުރައްކާވާ މީހުންގެ ތެރޭގައިވެސް މާބަނޑު މީހުން ހިމެނެއެވެ. މިއާއެކު، މާބަނޑު މީހުންނަށް ވެކްސިން ދިނުމަށް ޑޮކްޓަރުން ވިދާޅުވަމުން ދިޔައެވެ. އެގޮތުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިން ޖަހަމުން އަންނާތީ، ރާއްޖޭގައިވެސް މާބަނޑު މީހުން ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭއިން ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފައިޒަރ ވެކްސިން މާބަނޑު މީހުންނަށް ދިނުމުގައި ބަލާނީ ފުރަތަމަ އަންނަ މީހުންނަށް އިސްކަންދޭ އުސޫލުން ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެހެންކަމުން ވެކްސިން ޖެހުމަށް މާބަނޑު މީހުން ޖެހެނީ، އެޗްޕީއޭގެ ޓުވިޓާރގައި ޢާއްމުކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާށެވެ.

މާބަނޑު މީހުންނަށް ވެކްސިން ދޭން ރާއްޖޭގައި މިއަދު ފަށާފައިވާއިރު، މާބަނޑު މީހުންނަށް ވެކްސިން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހުއެވެ. އެގޮތުން ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުން އިތުރުވަމުން އަންނައިރު ހާލު ސީރިއަސްވާމީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަބަނޑު މީހުންނަށް ދެނީ ފައިޒަރ ވެކްސިން އެކަންޏެވެ. އެކަމު ފައިޒާއާއެކު އިތުރު ދެ ވެކްސިނެއްވެސް ރާއްޖޭގައި ހުއްދަ ދީފައިވެއެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނެވެ. އެ ދެވެކްސިން މާބަނޑު މީހުންނަކަށް ނުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.