މަޖިލީހުގެ ހަތަރުފާރުން އެތެރެއަށް އީސަ ނުވައްދާ: މަލީހު

މަޖިލީހުގެ ހަތަރުފާރުން އެތެރެއަށް އީސަ ނުވައްދާ: މަލީހު

Author
މުޙައްމަދު ޝަޒައިމް
20 މެއި 2021 10:34
0

ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މަޖިލީހުގެ ހަތަރުފާރުން އެތެރެއަށް ނުވެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

މަލީހު މިފަދަ އިން ގޮވާލާފައިވަނީ އީސައާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުންދާ ކަމަކަށް ފުލުހުންވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އަސޫ ވަނީ އިއްޔެ ފުލުހުންނަށް ބަޔާންވެސް ދީފައެވެ. މިމައްސަލާގައި މަލީހު ވިދާޅުވީ އީސަގެ ގެވެށި އަނިޔާގެ ޝިކާރައަކަށް ފުވައްމުލަކަށް ނިސްބަތްވާ އަންހެނަކު ހެދިކަމީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މިކަމަކީ ހަގީގީ މާނާގައި އެމްޑީޕީން ދެކޮޅު ހަދާ ކަމެއްނަމަ އީސަ މަޖިލީހުގެ ހަތުރު ފާރުން އެތެރެއަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެކަމެއްކަމަށް މަލީހު ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ ޝިކާރަޔަކަށް ފުވައްމުލަކު އަންހެންކުއްޖެއް ހެދިކަމީ މެމްބަރު އީސަ ހެދި ވަރަށް ބޮޑު ގޯހެއް. ހަޤީޤީމާނައިގައި ގެވެށި އަނިޔާއާއި އެމްޑީޕީ ދެކޮޅުނަމަ ޕާޓީއާއި މަޖިލިހުން މިކަމާގުޅޭ ބަޔާން ނެރެ ކުއްލި މައްސަލަވައްދާ އެކަން ބަލާނެ. މަޖިލިސް 4 ފާރުތެރެއަށް އީސަ ނުވައްދާ.

– މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މިމައްސަލައަކީ މަޖިލީހުގައި ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އަމުދުން މިކަމުގައި ތުއްތު ކުއްޖަކު ޝާމިލުވާކަމީ މިކަން އެހާމެ ސީރިއަސްކޮށް ބަލަންޖެހޭ ކަމެއްކަމަށެވެ. އަދި މިކަން ބެލުމަށް އަސޫއާއި، އަދި މަލީހުވެސް ނިސްވަތްވާ ފުއްމުލަކު ސިޓީ ތަމްސީލް ކުރައްވާ ތިން މެމްބަރުންނަށް މަލީހު ވަނީ ގޮވާލާފައެވެ.

އެމްޑީޕީއިން ނުކުރާނެ. ނުބަލާނެ. އަސޫއަށް އިންސާފު ލިބެންޖެހޭ. އަމުދުން މިކަމުގަ ތުއްތު ކުއްޖަކު ޝާމިލުވާކަމީ ކަންބޮޑުވާކަމެއް. މިރެއިން މިރެއަށް މަޖިލިހަށް ކުއްލި މައްސަލައެއް ވައްދަން ފުވައްމުލަކު 3 މެމްބަރުންނަށް ގޮވާލަން. މަޖިލީހުގެ މުވައްޒަފުންނަށް މިކަން ހިގައިދިޔަގޮތް ކިޔާދީ.

– މަލީހު ވިދާޅުވިއެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެއެވެ.

އެނގިފައިވާގޮތުގައި މެންބަރު އީސަ އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އެވަގުތު އެދެމަފިރިންގެ ދަރިފުޅުވެސް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާއާއި ގުޅިގެން އަނބިކަނބަލުން ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ. އާއިލާ ބޭފުޅަކު މަޢުލޫމާތު ދިންގޮތުގައި އަނިޔާކުރި ކަމުގެ ޑޮކްޓަރުގެ ލިއުންތައްވެސް މިހާރު ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.