ކޯވިޑްގެ ކޮންޓްރޯލް ގެއްލިގެން ބޭރުގެ އެހީއަށް އެދިފައިނުވާނެ: ސަރުކާރު

ކޯވިޑްގެ ކޮންޓްރޯލް ގެއްލިގެން ބޭރުގެ އެހީއަށް އެދިފައިނުވާނެ: ސަރުކާރު

ގުޅުންހުރި

ކޯވިޑް-19ގެ ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ކޮންޓްރޯލް ގެއްލިގެން ބޭރުގެ އެހީއަށް ސަރުކާރުން އެދިފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހަައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ދެއްކެވި ވާހަތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ކަބަރު ކަވަރު ކޮށްފައުވާ ގޮތާއިމެދު ހިތްހަމަނުޖެހި މަބްރޫކު ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން މެދު ކެނޑުމެއްނެތި ބޭރުގެ އެކި ޤައުމުތަކާއި، އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ. ނަމަވެސް ހާލަތު މާ ގޯސްވެގެން "ކޮންޓްރޯލުން ނެއްޓި" ބޭރުގެ އެހީއަކަށް އަދި ދިފައިނުވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން. "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއްނުވޭ.

– މަބްރޫކް ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ އިނންޓަނޭޝަނަލް އެއިޑް ރާއްޖެއިން އަބަދިވެސް ބޭނުންވާކަމަށެވެ. އަދި ހޯދެން އޮތް ހުރިހާ ގޮތަކުން އެހީ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގައެވެ. އެހީ ދެއްވަން ތިބި ގައުމުތަކާ މަޝްވަރާ ކުރެވި އެ އެހީ ހޯދޭނެ ގޮތްތައް ވެސް ބަލަމުން ގެންދާކަމަށް މަބްރޫކްވަނީ ރޭ ވިދާޅުވެފައެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލް ގެއްލިފައި ނުވާކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، ފަރުވާދޭ ފެސިލިޓީތައް ފުރި، ޑޮކްޓަރުންނާއި ނަރުހުން އިންތިހާއަށް ބޭނުންވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ކޮންމެ ދުވަހަކުވެސް ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވަމުންދާއިރު، ބަލީގައި ނިޔާވާ މީހުންވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން ކޯވިޑްގައި 7 މީހަކު ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި ކޯވިޑްގައި ރާއްޖެއިން މަރުވި އެންމެ ގިނަ އަދަދެވެ.

އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި 61 ރަށެއް މިވަގުތުވެސް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ކޯވިޑް ކޭސްތަކުގައި އެންމެ ހާލަތު ގޯހީ ވެރިރަށް މާލެ ސަރައްހަދުގައެވެ. މާލެ ސަރަހައްދުން ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮންޓްރޯލް އެބަ ވޭތޯ؟
    ކޮންޓްރޯލްކުރެއްވުމުގެ ފުރިހަމަ ބާރު ލިބިވޮޑިގެންވާ ފަރާތުގައި ނިކަމެތިކަމާއެކު ދުޢާކުރަންވީ. ބޮޑާވުމުގެ ޙައްޤެއްނެތް

Leave a Reply

Your email address will not be published. Required fields are marked *