ޕާކިން ޒޯންތަކުން ޓެކްސީތަކަށް ނަގާފީ 750 ރުފިޔާއަށް ކުޑަކޮށްފި

ޕާކިން ޒޯންތަކުން ޓެކްސީތަކަށް ނަގާފީ 750 ރުފިޔާއަށް ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 10:09
0

މާލެ ސިޓީ ކައުންސިލުން ކުލި ނަގައިގެން ދޫކުރާ ޕާކިން ޒޯންތަކުން ޓެކްސީތަަކަށް ދޫކުރާ ޖާގަތަކުން ނަގާފީ ކުޑަ ކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މިހާރު ޓެކްސީތަކުން ޕާކިންއަށް ދައްކާ 3،000 ރުފިޔާގެ ފީ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއިއެކު ލުއިތަކެއް ލިބިގެންދާނީ އާންމު ރައްޔިތުންނަށާއި، ޓެކްސީ ކުރާ ފަރާތްތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިއްޔެއަށް ދައުރު ހަމަވި މާލެ ސިޓީ ކައުންސިލުން ޕާކިންއަށް ނަގަމުން އައީ މަހު ކުލީގެ ގޮތުގައި 3000 ރުފިޔާއެވެ. އެގޮތުން ކުރީގެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ބައެއްސަރަހައްދު ތަކުގައި ޕާކިން ޒޯންތައް ހަދައި ފީނަގައިގެން ޒޯންތައް ދޫކުރަން ފަށާފައެވެ. މިއާއިއެކު ދައްކަންޖެހޭ ފީބޮޑުވުމުން ޓެކްސީ ކުރާ ފަރާތްތަކުން ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަނުންނެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ ޕާކިން މައްސަލައެއް ހައްލެއް ހޯދާދިނުމަށް ސިޓީ ކައުންސިލުންވަނޫ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހެދުމަށް މަސައްކަތް ކޮށްފައެވެ. މީގެތެރޭގައި ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކައި ފީ ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައްވެސް ހިމެނެއެވެ. މީގެއިތުރުން މާލޭގައި އެންމެ ބާރު ބޮޑު ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހެދުމުގެ އިތުރުން ޓްރެފިކަމް މައްސަލަތައް ހައްލުކުރުމަށް ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

މާޅެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ ޕާކިންއަށް ދިމާވެފައިވާ ހަގީގީ މައްސަލަ ހައްލު ވެގެންދާނީ އެތެރެވާ އުޅަދުތައްވެސް ކޮންޓްރޯލް ކުރެވިގެންކަމަށެވެ. އެކަން ކުރުމުގައި ކަމާއިބެހޭ ފަރާތްތަކުންފެ އެއްބާރުލުންވެސް ބޭނުންވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.