ކޯވިޑް-19ގައި އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާދެމުން އައި ޢުމުރުން 73 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވެފައިވަނީ މެންދުރު 12:10 ގައިކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 104 ވަނަ މީހާއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާވެ ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި، ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 5 މީހަކު ނިޔާވެފައިވެއެވެ.
ރާއްޖެއިން ކޯވިޑްގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިއަދު ނިޔާވި މީހާއާއެކު މިއީ މިބަލީގައި މިމަހު ނިޔާވި 31 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ރިޕޯޓްކުރެވެނީ ހާހަކަށްވުރެ މަތިންނެވެ.
ކޮމެންޓު ފޮނުވާ