މަޖިލިސް ގޮއްވާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހިނގަމުންދަނިކޮށް، ފޭސްބުކް ލައިވްގައި މީހަކު ވަނީ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭތަނެއްކަމަށް ބުނެ ކޮށްފައިވާ ކޮމެންޓްގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނިކޮށެވެ.
ފުލުހުން ބުނީ، ޓެރަރިޒަމަށް ހިއްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ. އެގޮތުން މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮންމެންޓެއްގެ މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ. މި މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.
މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮންމެންޓެއްގެ މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ. މި މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިގެންދަނީ ބަލަމުން.
– ފުލުހުން
ފުލުހުން މި މައްސަލަ ބަލަމުންދާއިރު، ލޭއޮހޮރުވުމަށާއި، ޓެރަރިޒަމަށް ހިއްވަރު ލިބޭ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ބިލެއް އެކުލަވާލާ ބަންޑާރަ ނާއިބު ވަނީ ރައީސް އޮފީހަށް އެ ބިލް ހުށައަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ