އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުން ހޯދުމަށް، ރައީސުލްޖުމްހޫރއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި މިބަދަލާއި ގުޅިގެން ދެ މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
ކެބިނެޓަށް މި ބަދަލު ގެންނަވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން އަވަސްކުރުމަށާއި، ސަރުކާރުގެ ދުވެލި ހަލުވިކުރުމަށްކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވިއިރު، ޝައުނާ އެހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައެވެ. އަދި ފިޝަރިޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު ޙަސަން އައްޔަންކުރައްވާފައިވާއިރު، މީގެ ކުރިން އޭނާ ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައެވެ.
ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.
އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.
ކޮމެންޓު ފޮނުވާ