މާލެސިޓީ ކައުންސިލްގެ ކުރިއަށް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 7 އަމާޒަކަށެވެ. އޭގެ ތެރޭގައިހިމެނެނީ، ބިންވެރި ރައްޔިތެއް،މޗާލު މާލެ ސިޓީ، ހިތްފަސޭހަ މަގުމަތި، ފުދުންތެރި ދިރިއުޅުން، ޑިޖިޓަލް މާލެ، ހަރުދަނާ އިދާރީ ހިންގުން އަދި ރައްޔިތުންނާ ބައްދަލުވާ ކައުންސިލްއެވެ.
ބިންވެރި ރައްޔިތެއް:
- މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން
- މާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ހިންގޭ ހައުސިންގ މަޝްރޫއެއް މާލޭގައި ހިންގުން
- ވިލިމާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން
- ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް، ހިންގޭ ހައުސިންގ މަޝްރޫއެއް ވިލިމާލޭގައި ހިންގުން
- ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރުން
- ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް
ހެދުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް ކުރުން - މާލޭގެ ދަފްތަރުގައި ޖެހިފައިތިބި ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ކަނޑައަޅާ އެ މަގުޗާޓާ އެއްގޮތަށް ޢަމަލުކުރަންފެށެންދެން، އަދި ދަފްތަރުގައި ޖައްސާ އުސޫލު އިސްލާޙު ކުރެވެންދެން ދަފްތަރުގައި ޖެއްސުން ހުއްޓާލުން
- ސިނަމާލެ، މާލެހިޔާ ފުލެޓުތައް މަރާމާތު ކުރުމާއި، ފްލެޓް ތައް ބަލަހައްޓާ އޮފީސް ގާއިމްކުރުން
- ހުޅުމާލެގެ ރަޖިސްޓްރީއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކުރުން އަވަސްކުރުވުން
ޗާލު މާލެސިޓީ
- މިސްކިތްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ އާބާތުރަ ފިލުވާ، ރީތިކޮށް ބަލަހައްޓާ،
މިސްކިތުގެ ޤަދަރު ހިފެހެއްޓުން - ޕާރކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާ، އިތުރު ޕާރކުތަކާ މައިޒާންތައް ބިނާކުރުން
- މާލެ ތެރޭގައި ހިންގާ ގަރާޖު، ވޯރކްޝޮޕް، ގުދަން ތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމާއި އެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ފުރުސަތު ތަނަވަސްކޮށްދިނުން
- ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލެ ސިޓީގައި "1 ލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމެއް ހިންގުން
- ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުން
- ޕާރކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާ، އިތުރު ޕާރކުތަކާ މައިޒާންތައް ބިނާކުރުން
- ސިއްހަތާއި ރައްޓެހި އީ-ބައިކް ނިޒާމް ތައާރަފުކޮށް ދެމެހެއްޓުން
- ވިލިމާލޭގައި ޖާގަ ތަނަވަސް، ކުޑަކުދިންގެ ޒަމާނީ ޕާރކެއް ގާއިމްކުރުން
- ބައިނަލް އަގްވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް މާލެ ސިޓީގައި ގާއިމްކުރުން
- މާލޭގެ ބަނދަރު ސަރަހައްދުތަކުގެ ޓްރެފިކަށް ލުޔި ގެނެސްދިނުމަށާއި، ދަތުރުވެރިންނަށް ހާއްސަ
ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ކުރެވޭނެކަންކަން ކުރުން - މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ފުޓްސަލް ދަނޑާއި ވޮލީ، ބާސްކެޓުބޯޅަ އަދި
ނެޓްބޯޅަ ކޯޓުތައް ހެދުމަށް ޖާގަ ކަނޑައަޅައި ދިނުމާއި އައުޓް ޑޯ ޖިމްތައް ޤާއިމްކޮށްދިނުން - ކަމާބެހޭ މާހިރުންގެ ލަފާއާއި ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް މާލޭ ތެރޭގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅަލާއި މެދު ކަންކުރާނެ ގޮތެއް ނިންމުން
- މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރކޭޓުގައި ހުރި މައްސަލަތައް
ހައްލުކުރުން - މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރކޭޓް ޒަމާނީކުރުން
އަދި ވިލިމާލޭގައި މަސް މާރކޭޓަކާއި ލޯކަލް މާރކެޓެއް ޤާއިމްކުރުން - ނީލަން ފިހާރައާއި މެދު ދާއިމީ ގޮތެއް ނިންމުން
- "ސާފުމަގު" މަޝްރޫޢު ތައާރަފުކޮށް ރަށްވެހިންގެ އެއްބާރުލުމާއި އެކު ހިންގާ ދެމެހެއްޓުން
- "ހިތްގައިމު ފަރު"ގެ ނަމުގައި މާލޭގެ ވަށައިގެންވާ ފަރާއި، ފަޅުތެރެ
ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބޭއްވޭނޭ ޕްރޮގްރާމެއް ހިންގުން - "ޕްލާސްޓިކާއި ދުރުވަމާ" ގެ ނަމުގައި މާލެއަކީ ޕްލާސްޓިކް މަދު ސިޓީއަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގުން
ހިތްފަސޭހަ މަގުމަތި
- މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއިއެކު ކުރެވޭ ކަމަކަށް ހެދުން
- ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ،
ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން - ގޭގެއަށް ވަދެ ނުކުމެވޭ ގޮތަށް ޕޭވްމަންޓު ޑިޒައިންކޮށް ޕާރކު ކުރާގޮތް އިސްލާކުރުން
- "ފަސޭހަމަގު" އެޕު އިތުރަށް ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުން
- ޕާރކިންގެ މައްސަލައަށް ޖީބަށްލުއި، ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުން
- މަގުމަތީ ހުންނަ ބާވެފައިވާ ވެހިކަލްތައް ނަގާ ނައްތާލުން
- މާލޭގެ އެކި ސަރަހައްދުތަކުގައި ލެޑް ސައިން ބޯޑުބަހައްޓާ، ޓްރެފިކް ލައިވް އަޕްޑޭޓް،
މަގު ބަންދާއި ބެހޭ ލައިވް އަޕްޑޭޓް ފަދަ ޚާއްސަ މެސެޖުތައް ދޭނެ ނިޒާމް ގާއިމްކުރުން - ޑީވޯޓަރ ކުރުމަށް ހާއްސަ ނެޓްވޯކެއް ބިމު އަޑީގައި ގާއިމްކުރުން
- މާލޭގެ މަގުތަކުގައި ހުރިހާ ކޭބަލެއް ވަޅުލުމަށް އެއް އިންފްރާސްޓްރަކްޗަރ ނެޓްވޯކެއް ޤާއިމްކުރުން
- މާލޭގެ މަގުތަކާ ގޯޅިތަކާ ޕާކުތަކާ އެހެނިހެން ސަރަހައްދުތަކަކީ ރޭގަނޑު ދިއްލިފައި
ހުންނަ ތަންތަންކަން ކަށަވަރުކުރުން - މާލޭގެ މަގުތަކުގައި ހުރި ހުރިހާ ކާނުތައް ސާފުކޮށް ރަނގަޅުކުރުން
- މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އިނގޭނެހެން މަގުތަކުގައި ނަން ޖެހުން
- ކޮންސްޓްރަކްޝަން ސައިޓް ތަކުން އާންމުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި
ކުރެވޭ މަސައްކަތް ހަރުދަނާކުރުން - މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް ފެން ތިކި ތެޅޭގޮތަށް
ހުންނަ އޭސީ އައުޓްޑޯ ޔުނިޓުތައް ފަދަ ތަކެތިން ލިބޭ އުނދަގޫ ހައްލުކުރާނެ
ގޮތާމެދު ގޮތްތަކެއް ކަނޑައެޅުން - މާލޭގައި ޕަބްލިކް ބަސް ސާރވިސް އާއި މާލޭގައި ސްކޫލް ބަސް ސާރވިސް ފެއްޓުން
- ޓްރެފިކާއި ހިނގާ މީހުންނަށް ލުއިވާނޭ ގޮތަށް، މަގުތަކުގައި ޕާކް ކޮށްފައި ހުންނަގޮތަށް
ގެންނަންޖެހޭ ބަދަލުތައް ގެނައުން
ފުދުންތެރި ދިރިއުޅުން
- ޒުވާނުންނަށް ވޮކޭޝަނަލް ޓްނެއިނިންގ ފުރުސަތުތައް ތައާރަފުކޮށް ހިންގުން
- މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުން
- ޒުވާނުންނަށް ވިޔަފާރިއެއް ފެށުމުގެ ފުރުސަތު، ޖާގައިގެ ގޮތުން، ދެޖިންސަށް ހަމަހަމަ ކަމާއެކު ފަހި ކޮށްދިނުން
- އިރުއޮއްސި 6 އިން ފެށިގެން ވިޔަފާރިވަގުތު ބަންދުވުމާ ހަމަޔަށް ހުޅުމާލެ ބީޗް ގެސްޓް ހައުސް، ކެފޭ، ރެސްޓޯރެންޓް ވިޔަފާރީތަކަށް ބޭނުންކުރެވޭގޮތަށް ހަމަޖެއްސުން. އަދި އާންމުންނަށް ފަތިހު 5 އިން އިރުއޮއްސި 6 އަށް ބީޗް ބޭނުންކުރެވޭގޮތް ހަމަޖެއްސުން
- ވިލިމާލޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވިލިމާލޭގެ ބަނދަރުބޭނުން ކުރެވޭގޮތަށް ބަދަލުކުރުން
- ހުޅުމާލެ މަގުތައް އަދި ބީޗް ކުނިކަހާ މީހުންގެ އުޖޫރަ މަތިކޮށްދިނުމަށް މަސައްކަތްކުރުން
- ހުޅުމާލޭގައި ފަރުމަހަށް ދާ މަސްވެރިންނަށް ފަރު މަހަށް ހާއްސަ މާރުކޭޓެއް ހެދުން
- ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންކުރަމުންދާގޮތް އިސްލާހުކުރުން
ޑިޖިޓަލް މާލެ
- މާލެ ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް
މުޅި މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން
ޚިދުމަތްތައް ހޯދަން ކޮންމެ ރައްޔިތަކަށްވެސް ފަސޭހަވާނެ މަގު ފަހިކޮށްދިނުމަށްޓަކައި "ޑިޖިޓަލް މާލެ" މަޝްރޫޢު ފެށުން - މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްޓަކައި 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ދޭ ކޯލް ސެންޓަރ އެއް ގާއިމްކުރުން
- ހުރިހާ ފަރާތްތަކުގެ ސީސީޓީވީ ވަސީލަތްތައްތަކުގެ ލިންކުތައް އެއްކޮށް މުޅި މާލެ ސިޓީއެއް ނެޓްވޯކަކުން ގުޅާލައި ސީސީޓީވީ ހިދުމަތުން މުޅި މާލެ ސިޓީ މޮނިޓަރ ކުރެވޭނެނިޒާމު ގާއިމްކުރުން
- މުޅި މާލެ ސިޓީ ވައިފައި ކުރުން
ހަރުދަނާ އިދާރީ ހިންގުން
- ރައްޔިތުންނަށް ގާތުން ޚިދުމަތްދީ، ރައްޔިތުންނަށް އަމިއްލަ ސިޓީގެ ކަންކަމާ ޒިންމާދާރުވުމުގެ އިހުސާސްވާން ފެށުމަށްޓަކައި މާލެ ސިޓީގެ ކޮންމެ ބްލޮކެއް ވަކިން ބަލަހައްޓަން ފަސޭހަވާނޭގޮތަށް ކޮންމެ ބްލޮކަކަށް ވެރިއެއް، އެ ބްލޮކަކުން އެ ބްލޮކެއްގެ ރައްޔިތުންގެ ހިޔާލާއިއެކު ކަނޑައެޅުން
- ހުޅުމާލެ އަކީ ސިޓީކައުންސިލުގެ ސީދާ ބެލުމުގެދަށުން މުނިސިޕަލް ހިދުމަށްދޭ ތަނަކަށް ހެދުން
- ސިޓީކައުންސިލްގެ މާލޭ އޮފީސްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ސިޓީކައުންސިލްގެ ވިލިމާލޭ އޮފީހުންވެސް ލިބޭގޮތަށް އިންތިޒާމުތައް ރޭވުން
- ސިޓީ ކައުންސިލުގައި ހުރި ގޯތި ގެދޮރާއި ބެހޭ ފޯމުތައް ފަދަ ލިޔެކިޔުންތަކާއި ކުރެހުންތައް ޑިޖިޓަލައިޒްކޮށް ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި އެކު އޭގެ ބެނުން ހިފޭފަދަ ޑޭޓާބޭސްއެއް ގާއިމްކުރުން
- ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ޚިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ގިނަވެގެން 3 ދުވަސް ތެރޭގައި ނިންމައިދިނުން
- ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ވިލިމާލޭގައި ވަން ސްޓޮޕް ސާރވިސް ސެންޓަރއެއް ގާއިމްކުރުން (މިސާލަކަށް ޑީއެންއާރު، އިމިގްރޭޝަން، ޓްރާންސްޕޯޓް އޮތޯރިޓީފަދަ އޮފީސްތަކުން ދޭ ހިދުމަތްތައް)
- ސިޓީ ކައުންސިލްގައި ތިބޭ ބޭރު މުވައްޒަފުންގެ އަދަދު މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުން (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް)
- އަވަށު ބޯޑުތައް އެކުލަވާލާ ހިންގަން ފެށުން
ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް
- ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ޝެޑިއުލްއެއް ހަދާ ކޮންމެ ހަފްތާއަކުވެސް އެއް ދުވަހު، ރަސްމީ މަސައްކަތެއްގެ ގޮތުގައި ގޭގެއަށް ޒިޔާރަތްކުރުން (ގޭގެއަށް ނުދެވޭ ޙާލަތުގައި އޮންލައިންކޮށް)
- ކޮންމެ އަވަށެއްގައި ރައްޔިތުންނާއި ބައްދަލުކުރެވޭނެ ތަނެއް ގާއިމްކުރުން. ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އެ ތަންތަނުގައި ކައުންސިލަރުންނާއި ބައްދަލުކުރެވޭނެ ތާވަލެއް ކަނޑައެޅުން
- މަހަކު އެއްފަހަރު ލައިވް ކުރެވިގެން ރައްޔިތުންނާ ބައްދަލުވުން ބޭއްވުން
މާލެ ސިޓީގެ ސްޓްރެޓޖިކް އެކްޝަން ޕްލޭން ފާސްކޮށްފައިވަނީ މިއަދު އޮންލައިންކޮށް ޞޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލްރުންގެ އިއްތިފާޤުންނެވެ.
ކޮމެންޓު ފޮނުވާ