މާލޭ ސިޓީގެ ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު، ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ކުރިޔަށް

މާލޭ ސިޓީގެ ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު، ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ކުރިޔަށް

Author
ހުސެއިން
17 މެއި 2021 10:49
0

ފާއިތުވެދިޔަ އެޕްރިލްމަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭސިތީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި، ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު، ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ކުރިޔަށް އެބަ ދެއެވެ.

މުއިއްޒު މޭޔަރުކަމުގެ ހުވާ ކުރައްވާފައިވަނީ، މިއަދު އޮންލައިންކޮށް، މާލެސިތީގެ މެމްބަރުން ހުވާ ކުރެއްވުމަށް ބޭއްވުނު ރައްމިއްޔާތުގައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުމަށް އެލްޖިއޭއިން ނިންމާފައިވަނީ، މާލޭގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެގެން ގޮސްފައިވާތިއެވެ.

މިއަދު ހެނދުނު ބޭއްވުނު އޮންލައިން ރައްސްމިއްޔާތުގައި، މަލޭސިޓީގެ މޭޔަރަށާއި އަދި ކައުންސިލަށް އިންތިޚާބުވި އެހެން މެމްބަރުންނަށްވެސް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

ހުވާ ކުރެއްވުމަށް ފަހު އާ ކައުންސިލަރުންނާ އެކު ކުރިޔަށްދާ ފުރަތަމަ ޖަލްސާއަށް މޭޔަރ މުއިއްޒުވަނީ، މާލޭ ސިތީ ކައުންސިލް ކުރިޔަށް އޮތް 5 އަހަރު ރައްޔިތުން އެދޭ އަމަޒަށް ކުރިޔަށް ގެންދިއުމަށް މޭޔަރު ހުށަހަޅުއްވާ ސްޓަރަޓެޖިކް ޕްލޭން ކައުންސިލަށް ހުށަހަޅުއްވާފައެވެ. އަދި ކައުންސިލްގެ އައުލަބިއްޔަތުންވަނީ މި ޕްލޭސް ފާސްވެ ކޮށްފައެވެ.

މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެންނާނޭ ގޮތް ތާވަލެއް މެދުވެރިކޮށް ހާމަކުރައްވާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ޕީޕީއެމްގެ 11 ގޮނޑިއެއް ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީން ވަނި 5 ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ. އަދި ޖުމްހުރީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮޑިއެކެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ވަރަސް ވާދެވެރިކޮށް ކުރިޔަށް ދާނެކަމަށް އެންމެ ފުރަތަމަ ހީކުރެވިފައިވި ނަމަވެސް، އެމްޑީޕީގެ ފަރާތުން ވާދަކުރި އަނަސް އަބުދުއްސައްތާރުއާއި ވާދަކޮށް މުއިއްޒު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ތަފާތު ބޮޑު ނަތީއާއަކުންނެވެ.

މާލޭސިޓީގެ ކައުންސިލްގެ އިތުރުން ފުވައްމުލަށް، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އިންތިޚާބު ވި ކައުންސިލަރުންވެސް މިއަދު ހެނދުނު މަގާމްގެ ހުވާ ކުރައްވާފައިވާއިރު، ރާއްޖޭގެ އެކި ރަށްތަކުގައި، ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުންވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

މިއަދު ގިނަ ކައުންސިލަރުން މަގާމްގެ ހުވާ ކުރައްވާފައިވަނީ، އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތުތަކުގައެވެ. އެހެންނަމަވެސް، މަދު ރަށްތަކެއްގައި، އާންމު ރައްޔިތުންނަށް ވަނުން މަނާކޮށް، ކައުންސިލަރުން ހާޒިރުވެ ތިބެގެން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، ބޭއްވުނު ރަސްމިއްޔާތު ތަކުގައިވެސް ބައެއް ކައުންސިލަރުން ހުވާ ކުރައްވާފައިވެއެވެ. ކައުންސިލަރުންގެ ހުވާ ލާ ދެއްވާފައިވަނީ ރަށްރަށުގެ މެޖިސްޓެރޭޓުންނެވެ.

އަދި މީގެ އިތުރުން، ރަށްރަށުގެ އަންހެނުންގެ ކޮމިޓިތަކަށް އިންތިޚާބުވި މެމްބަރުންނާ މިއަދު ވަނި މަގާމްގެ ލިޔުންވެސް ހަވާލު ކުރައްވާފައެވެ. ލޯކަލް ކައުންސިލްތައް ވުޖުދުވުމަށްފަހު، އިންތިޚާބުކޮށްގެން އަންހެނުންގެ ކޮމިޓީތައް އިންތިޚާބު ކުރި މިއީ ފުރަތަމަ ފަހަރެވެ. އަދި، މީގެ ކުރިން ކައިންސިލަރުން އިންތިޚާބު ކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށް ކަމުގައި ވި ނަމަވެސް، މި ފަހަރު އިންތިޚާބު ކުރި ކައުންސިލަރުންނާއި އަދި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ފުރަތަމަ ފަހަރަށް 5 އަހަރު ދައުރެއް ލިބިގެން ދާނެއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިން ކޮށް ބޭއްވުމަށް ނިންމާފައިވަނީ، ކޮވިޑް 19ގެ ނުރައްކާ މާލެއާއި މުޅި ރާއްޖެއަށް ފެތުރި، ގިނަ ރައްތަށް މޮނިޓަރިންގަ ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.