Ad
ތިމަލާމެ ބްރިޖާއިމެދު ރައްޔިތުންގެ ޚިޔާލް ހޯދުން މިމަހުގެ 26 ގައި

ތިމަލާމެ ބްރިޖާއިމެދު ރައްޔިތުންގެ ޚިޔާލް ހޯދުން މިމަހުގެ 26 ގައި

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 09:16
0

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް (ތިލަމާލެ ބްރިޖް) މަޝްރޫއަށް އާންމުގެ ޚިޔާލް ހޯދުމުގެ ބައްދަލުވުމެއް ބޭއްވުމަށް ޕްލައިނިން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބްރިޖް މަޝްރޫއާއިމެދު އާންމުންގެ ޚިޔާލް ހުރި ނެތްގޮތް ބަލައި އޮޅުން ފިލުންކަމަށެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މިބައްދަލުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ އޮންލައިން ފޯމްގައި ރަޖިސްޓްރީވުމަށް ވަނީ ދަންނަވާފައެވެ.

ޕްލައިނިން މިނިސްޓްރީން ދަނީ 'ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް' ގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މި ފިޔަވަހީގައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމަށްވަނީ ހުށަހަޅާފައެވެ. މި މަސައްކަތުގެ ސަބަބުން ތިމަާވެށްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ (އީ. އައި.އޭ) ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ސީ.ޑީ.އީ ކޮންސަލްޓިންގ ގެ ފަރާތުން ކުރިއަށްގެންދަމުންނެވެ.

6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖެއް ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓާ ހަމައަށް ގުޅާލާ މި ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށާއި ބްރިޖްގެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި އިންޑިޔާ ސަރުކާރުންވަނީ މިމަޝްރޫޢަށް 400 މިލިޔަން ރުފިޔާގެ ލޯނު އެހީއެއް ފޯރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.