އިންޑިއާގެ ވެތެރަން އެކްޓަރ މިތުން ޗަކްރެބޮޓީގެ ފިރިހެން ދަރިފުޅު މަހާކްޝޭ އާއި ކުރީގެ އަންހެނުން އަދި އެކްޓަރ ޔޮގިތާ ބާލީއާ ދެކޮޅަށް ރޭޕްއާއި އޮޅުވާލި ކަމަށް ބުނެ މައްސަލައެއް ފުލުހަށް ހުށަހަޅަލައިފިއެވެ.
އެ މައްސަލަ މުމްބާއީ ފުލުހުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. އެ މައްސަލަ ޖައްސާފައި ވަނީ އުމުރުން 28 އަހަރުގެ އަންހެނެކެވެ.
އެ މައްސަލާގައި ބުނެފައި ވަނީ، އޭނާ އުޅުނީ މަހާކްޝޭއާ ރައްޓެހިވެގެން ކަމަށް، އެއީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގައި ކަމަށް. އަދި ދެ މީހުން ކައިވެނި ކުރާނެ ކަމަށްވެސް އޭނާ އެއްބަސްވި.
– ފުލުހުންގެ އޮފިޝަލް
އެ އަންހެން މީހާއާ ހަވާލާދީ ފުލުހުންގެ އޮފިޝަލް ބުނީ، އެ ގުޅުން ކުރިއަށްގެންދަިކޮށް އެއް ދުވަހު އޭ މަހަކްޝޭއާ ބައްދަލު ކުރުމަށް އޭނާގެ ފްލެޓަށް ދިޔަ ކަމަށާއި، އެތަނަށް ދިއުމުން އޭނާއަށް ޖޫސް ތައްޓަކަށް އެއްޗެއް އަޅާފައި ދިން ކަމަށެވެ. އަދި ގަދަކަމުން އޭނާއާއެކު ގުޅުން ހިންގި ކަމަށް އޭނާ ބުނެފައި ވެއެވެ.
އެ އަންހެން މީހާ ބުނި އޭނާ ބަނޑުބޮޑުވި ކަމަށް، އަދި މަހަކްޝޭ އެ ދަރިފުޅު އެބޯޓް ކުރަން ބޭސްވެސް ދިން ކަމަށް.
– ފުލުހުންގެ އޮފިޝަލް
ފަހުން އޭނާ ކައިވެނީގެ ވާހަކަދެއްކި ނަމަވެސް އެކަމަށް އިޖާބަ ދީފައިނުވާއިރު، 2018 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އޭނާއާ ކައިވެނި ކުރެވެން ނެތް ކަމަށް އެ އަންހެން މީހާ ބުނެފައިވާކަމަށް ފުލުހުންގެ އޮފިޝަލް ބުނެފައި ވެއެވެ. އަދި މަހާކްޝޭއަށް ގުޅި ދުވަހެއްގައި އޭނާގެ މަންމަ، އެ އަންހެން މީހާއަށް އިންޒާރުދިން ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ތެރޭގައިވެސް މި އަންހެން މީހާ އެ މައްސަލަ ފުލުހަށް ހުށަހެޅި އެވެ. ފަހުން އެ މައްސަލަ ދިއްލީ ފުލުހުންނާއި ހަމައަށް ގޮސް، ދިއްލީ ކޯޓަށް މައްސަލަ ދިއުމުން އެ މީހުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި އަހަރު ތެރޭގައި ދިއްލީ ހައިކޯޓުން ވަނީ އެ ކަން ހިނގާދިޔަ ތަނުގެ ފުލުހުން މެދުވެރިކޮށް އެ ކޯޓަށް ހުށަހެޅުމަށް އަންގާފައެވެ. އެހެންވެ އޭނާ ވަނީ އެ މައްސަލަ ޖުލައި މަސް ތެރޭގައި އޮޝިވަރާ ޕޮލިސް ސްޓޭޝަން ހުށަހަޅާފައެވެ.
މަހާކްޝޭގެ މައްޗަށް ރޭޕް ކުރި މައްސަލައާއި އެތައް ފަހަރަކު ރޭޕްކުރި މައްސަލައިގެ ޒަހަރު ދިން މައްސަލައާއި، އޮޅުވާލި މައްސަލައިގެ އިތުރުން އިތުރު މައްސަލަތަކެއްވެސް ވަނީ ރެޖިސްޓަރކޮށްފައެވެ. މަހާކްޝޭއަކީ ބައެއް ފިލްމްތަކުންވެސް ފެނިގެން ދިޔަ މީހެކެވެ. އޭގެ ތެރޭގައި ހައުންޓެޑް 3ޑީ އާއި ލޫޓް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ