ޖެރޫސެލަމްގެ ރަޔިތުން ގެތަކުން ބޭރުކުރުމަށް، އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ސައުދީން ދެކޮޅު ހަދައިފި

ޖެރޫސެލަމްގެ ރަޔިތުން ގެތަކުން ބޭރުކުރުމަށް، އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ސައުދީން ދެކޮޅު ހަދައިފި

Author
ހުސެއިން
08 މެއި 2021 07:45
0

ޖެރޫސެލަމްގައި ދިރިރުއުޅެމުންދާ އެތައްހާސް ފަލަސްތީން ރައްޔިތުންނެއް އެމީހުންގެ ގެދޮރުން ބޭރުކޮށް، އެމީހުންގެ ބިންތަކަށް ވެރިގަނެ، އެ ބިންތަކަކީ އިސްރާއީލުގެ ބަޔަކަށް ހެދުމަށް ކޮށްފައިވާ ޕްލޭނާ ސައުދީ އަރަބިއާއިން ދެކޮޅު ހަދައިފިއެވެ.

އިސްރާއީލްގެ މި ޕްލޭނާއި ފާޅުގައި ދެކޮޅު ހަދާނެކަން ސައުދީ އަރަބިއާއިން ހާމަ ކޮށްފައިވަނީ، އެގައުމުގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްއިން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ބުރޫ އަރާނެ ކޮންމެ ނިންމުމަކާއި، އަދި ބައިނަލް އަގުވާމީ ގާނޫނުތަކާ އަދި އިސްރާއީލް ފަލަސްތީނުގެ ސުލްހައިގެ މަސައްކަތްތަކަށް ބުރޫއަރާނެ ކޮންމެ ނިންމުމަކާ ސައުދީ އަރަބިއާއިން ދެކޮޅު ހަދާނެއެވެ.

ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީ އަރަބިއާއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި ކަމުގައެވެ. އަދި އިރުމަތީ ޖެރޫސެލަމްއަކީ، މިނިވަން ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭގޮތުން، 1967ގައި ކަޑައެޅިފައިވާ ބޯޑަރާއި އެއްގޮތްވާ ގޮތުގެމަތިން ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ސައުދީ ސަރުކަރުން ތާއީދު ކުރާނެކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އަލް-އަގްސާ މިސްކިތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ރަބަރު ވަޒަނާއި ސްޓަން ގްރިނޭޑް ބޭނުން ކުރުމުގެ ސަބަބުން ހުކުރު ދުވަހުގެ ރޭ ފަލަސްތީނުގެ 160 ރައްޔިތުން ވަނީ ޒަޚަމް ވެފައެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ޖެރޫސެލަމްގައި ހަމަނުޖެހުން އިތުރުވެފައިވަނީ، މުސްކުޅި ޖެރޫސެލަމްގައި ދިރިއުޅޭ ފަލަސްތީނުގެ އެތަކެއް އާއިލާތަކެއް އެމީހުންގެ ގެދޮތުން ބޭރުކުރުމަށް އިސްރާއީލުގެ ކޯޓަކުން އަމުރު ކުރުމާ ގުޅިގެންނެވެ. އިސްރާއީލުގެ ކޯޓުގެ މި ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ގެންދަނީ މުޒާހިރާ ކުރަމުންނެވެ.

އިސްރާއީލުގެ ކޯޓުން ހުކުމް ކޮށްފައިވަނީ، ފަލަސްތީނުގެ ރައްޔިތުން ދިރުއުޅެމުންދިޔަ އެމީހުންގެ ގެދޮރުތައް އަތުލުމުގެ ހައްގު އިސްރާއީލުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.

އިސްރާއީލުގެ ކޯޓުގެ މި ނިންމުން ކުއްވެރިކޮށް، ޔޫރަޕިއަން ޔޫނިއަންއިންވެސް ވަނީ ހޮނިހިރު ދުވަހު ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ، މިއީ ޢައިރުގާނޫނީ ނިންމުމެއް ކަމަށާއި، އަދި މި ނިންމުމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު އިހުތިޖާޖު ކުރަމުންދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުންކުރުން ކުއްވެރި ކުރާ ކަމަށެވެ.

"ޝެއިޚް ޖައްރާގައި ދިރިއުޅޭމުންދާ ފަލަސްތީނުގެ އާއިލާތައް އެމީހުންގެ ގެދޮރުން ބޭރުކުރުމާއި، އަދި އިރުމަތީ ޖެރޫސެލަމްގެ އެހެން ސަރަހައްދުތަކުން ފަލްސްތީނު ރައްޔިތުން ބޭރުކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކަންބޮޑުވާ ކަންކަން،" އީޔޫއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"މި ފަދަ ހުރިހާ ޢަމަލުތަކަކީވެސް ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފު ކަންކަން، އަދި މިފަދަ އަމަލުތަކުން އުފެދިގެންދާނީ ހަމަނުޖެހުން އެކަނި."

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅު
ތީ ހުރިހާވެސް ނުބަޔަކީ ސައުދީ.އެހެން ބުނަނީ ގޮތް ދައްކަން .ކަމެއް ކޮށްދެވޭ ތަނެއް ނުފެނޭ.