ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ބައިވެރި ވުމަށްޓަކާ، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ، ތަހުގީގުތަކާބެހޭ އިނގިރޭސި ޚާއްސަ ތަޖުރިބާކާރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަން ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންއިން ހާމަ ކޮށްފިއެވެ.
ބްރިޓިޝް ހައިކޮމިޝަންއިން މިކަން ހާމަ ކޮށްފައިވަނީ، މިހާރުކުރިޔަށްދާ ތަހުގީގަށް އިގިރޭސިން ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެކަން ހާމަކޮށް ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައެވެ.
Supporting and assisting the @governmentmv in their investigation into the recent attack is a priority for the ?? Government.
We have been providing technical expertise remotely to @PoliceMv and will have an expert on the ground tomorrow to further this support@M_Hameedh
— ukinmaldives???? (@UKinMaldives) May 8, 2021
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަނުން ކުރި ޓުވީޓުގައި ބުނެފައިވަނީ، ނަޝީދުއާ ދެކޮޅަށް ދެވުނު ޓެރަރިސްޓް ހަމަލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިނގިރޭސި ސަރުކާރުން ވަރަށް އިސްކަންދެމުން ފޯރުކޮށްދެމުންދާ އެހީތެރިކަމެއް ކަމަށާއި، މިހާތަނަަށްވެސް އިނގިރޭސި ސަރުކާރުން ގެންދިޔައީ، މިތަހުގީގަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމުގައެވެ.
ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް އެހީތެރިވެ ދިނުމުގެ ގޮތުން އިނގިރޭސި ތަޖުރިބާކާރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަން އިގިރޭސި ހައިކޮމިޝަނުން ހާމަކޮށްފައިވާއިރު، އިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ކެރަން ރޯޒްލީ ވިދާޅުވެފައިވަނީ، 6 މޭގަ ފެނިގެންދިޔަ ފަދަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިނގިރޭސިވިލާތް އޮންނާނީ ދިވެހި ރާއްޖެއާއެކީކަމަށެވެ.
ކެރަމް ރޯޒްލާ ވިދާޅުވި ގޮތުގައި މި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ އެކި މުވައްސަސާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް މިހާރަށްވުރެވެސް ވަރުގަދައަށް ކުރަމުން ދިއުމެވެ.
މި އަދު ހަވީރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މިހަމަލާ ދިނުމުގައި ޝާމިލުވި މީހުންގެ މައުލުމާތު އާންމުކޮށްފައެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން މިހާރު ވަނީ ފުލުހުންގެ ތަހުގީގަށް ހައްޔަރު ކުރެވި މައްސަލަ ތަހުގީގް ކުރަމުންނެވެ.
މިމައްސަލާގައި ޑީސީޕީ ރިޔާޒު ވިދާޅުވީ މިމައްސަލައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިކަމުގައި އިތުރު މީހުން ޝާމިލުވުމަކީ އެކަށީގެންވާކަމަށެވެ.