ރޭގެ ވަގުތެއްގައި، ކާރުކޮޅުގައި އިންނަވަނިކޮށް، ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ދުނިޔޭގެ ގިނަ މީޑިއާތަކުން ކަވަރު ކޮށްފިއެވެ.
ރޭގެ މާލޭގަޑިން އިރާކޮޅުގެ ވަގުތެއްގައި ދެވުނު މި ހަމަލާގެ ޚަބަރުތައް ސޯޝަލް މީޑިއާގައި އާންމު ވެގެން ދިއުމާއެކު، މި ޚަބަރު އެންމެ ފުރަތަމަ ކަވަރު ކޮށްފައިވަނީ، އަލްޖަޒީރާއިންނެވެ. އޭގެ އިތުރުން، ރޮއިޓާސްގެ އިތުރުން ދުނިޔޭގެ ބޮޑެތި ނޫސްމީޑިއާތަކުގެ ތެރޭގައި ހިމެނޭ ބީބީސީއިންވެސް މިހަމަލާގެ ޚަބަރުތައް ރޭގެ ވަތުތެއްގައި ކަވަރު ކޮށްފައިވއެވެ. އަލަޖަޒީރާ ނޫހުން މި ޚަބަރު ކުއްލި ޚަބަރެއްގެ ގޮތުގައި ރިޕޯރޓް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
BREAKING: Former Maldives President Nasheed hurt in suspected bomb attack https://t.co/NlHAS9HwiR pic.twitter.com/QpjcdUbLHk
— Al Jazeera English (@AJEnglish) May 6, 2021
ނަޝީދަށް އަމާޒުކޮށް ދެވުނު މިހަމަލާ ސީއެންއެންއިންވެސް ކަވަރު ކޮށްފައިވާއިރު، އެންމެ ބޮޑު ކަވަރޭޖެއް މިހަމަލާއަށް ދީފައި ވަނީ އިންޑިއާގެ ނޫސްތަކުން ކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން އިންޑިއާގެ އެންމެ ބޮޑެތި ނޫސްތައް ކަމަށްވާ ދަ ހިންދޫ އާއި، ޓައިމްސް އޮފް އިންޑިއާއިންނާއި އަދި މަޝްހޫރު ޓީވީ ޗެނަލް އެންޑީޓީވީން މި ޚަބަރު ވަރަށް ބޮޑަށް ކަވަރު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި މީގެއިތުރުން ގަލްފު ސަރަހައްދުގެ ބައެއް ނޫސް މީޑިއާތަކުންވެސް މި ހަމަލާގެ ޚަބަރުތައް ކަވަރު ކޮށްފައިވެއެވެ. މީގެ ތެރޭގައި އަލް އަރަބިއްޔާ ނިއުސް ޗެނަލްވެސް ހިމެނެއެވެ.
Mohamed Nasheed: Former Maldives president injured in blast https://t.co/wblHquW9sB
— BBC Asia (@BBCNewsAsia) May 6, 2021
އިންޑިއާގެ ނޫސްތަކުން މިޚަބަރު ފުޅާދައިރާއެއްގައި ކަވަރު ކޮށްފައިވާއިރު، އިންޑިއާގެ ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުން މި ހަމަލާއާއި އަލްގައިދާއާއި ގުޅުވާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ. މި ހަމަލާގެ ޚަބަރުތައް ރާއްޖެއިން ބޭރުގައި ޝޯޝަލް މީޑިއާގައި އެންމެ ބޮޑަށް ކަވަރު ކޮށްގައިވަނީ އިނގިރޭސި ވިލާތާއި އިންޑިޔާގެ ސޯޝަލް މީޑިއާ ނެޓްވާކްތަކުގައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ޕާލަމެންޓް ބައެއް މެމްބަރުންވެސް މި ހަމަލާ ކުށްވެރިކޮށް ޓުވީޓު ކުރައްވާފައިވެއެވެ.
ނަޝީދަށް އަމާޒުކޮށް ދެވުނު މިހަމަލާ ކުށްވެރިކޮށް އަވައްޓެރި ބައެއް ގައުމުތަކުންވެސް ވަނީ ނޫސް ބަޔާންތައް ނެރެފައެވެ.
އެހެންނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުުފުލާފައެއް ނުވެއެވެ. ހަމަލާއަށް ފަހު ލިބިނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ނަޝީދު މިވަގުތު އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ