ރޯމާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކަވާނީ އުފާފާޅުކުރަނީ

އެގްރިގޭޓް ނަތީޖާއިން ރޯމާ ބަލިކޮށް ޔުނައިޓެޑް ފައިނަލަށް

އެގްރިގޭޓް ނަތީޖާއިން ރޯމާ ބަލިކޮށް ޔުނައިޓެޑް ފައިނަލަށް

ޔުއެފާ ޔޫރޮޕާ ލީގުގައި އެގްރިގޭޓް ނަތީޖާއިން އިޓަލީގެ ރޯމާ ބަލިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯމާއެވެ. ނަމަވެސް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި 2-6 ގެ ނަތީޖާއަކުން ރޯމާގެ މައްޗަށް ޔުނައިޓެޑް ކުރިހޯދާފައި އޮތުމުން 5-8 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުނައިޓެޑް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޯމާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ކަވާނީގެ ލަނޑާއެކު ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފް ފަށައިގެން ރޯމާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުލުފުލުުގައި ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ހަމަލާތައް ފޮނުވާ ނުރައްކާކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި އެޑިން ޒެކޯ ވަނީ ރޯމާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ކްރިސްޓަންޓޭ ވަނީ ރޯމާއަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ރޯމާއިން ލީޑު ނެގުމުން ޔުނައިޓެޑް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ނަމަވެސް 68 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ކަވާނީ ވަނީ ދެވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުން ރޯމާ މޮޅުކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ ނިކޮލާ ޒެލެސްކީއެވެ.

މި މޮޅާއެކު ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ވިޔަރެއާލް އާއި ދެކޮޅަށެވެ. ފައިނަލް މެޗު މެއި 26 ވަނަ ދުވަހު ކުޅޭނީ ޕޮލެންޑްގެ ގްޑާންސްކް ސްޓޭޑިއަމްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *