ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީން ކުރަމުންދާ މަސައްކަތުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުން ހިމެނެއެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 27 މެއި 2020 ގައި. pic.twitter.com/YhzlnutA5r
— MTCC Plc (@MTCCPlc) October 20, 2020
އެމްޓީސީން ހާމަކޮށްފައިވާގޮތުގައި ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 27 މެއި 2020 ގައެވެ.
ތިރީސް އަށް މިލިޔަން ދުއިސައްތަ ނުވަދިހަ ހަ ހާސް ހަސަތޭކަ ނުވަދިހަ ދެ ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދަ މި މަޝްރުުއގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޯށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ކޮމެންޓު ފޮނުވާ