ޓްރެއިން ދަތުރު ކުރަމުންދިޔަ ބުރިޖެއް ވެއްޓި މެކްސިކޯ ސިޓީގައި 23 މީހުން މަރުވެއްޖެ

ޓްރެއިން ދަތުރު ކުރަމުންދިޔަ ބުރިޖެއް ވެއްޓި މެކްސިކޯ ސިޓީގައި 23 މީހުން މަރުވެއްޖެ

Author
ހުސެއިން
04 މެއި 2021 07:21
0

މެކްސިކޯގެ ވަރިކަން ކުރާ ސިޓީ ކަމުގައިވާ މެކްސިކޯ ސިޓީގައި ޓްރެއިން ދަތުރު ކުރަމުންދިޔަ ބުރިޖެއް ބިންދައިގެން ގޮސް ޓްރެފިކް ބޯ މަގަކަށް ވެއްޓި 23 މީހުން މަރު ވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް މެކްސިކޯ ސިޓީގެ މޭޔަރާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޯށްފައެވެ.

އެކްސިޑެންޓަށްފަހު، ބްރިޖްމަތިން ދަތުރު ކުރަމުންދިޔަ ޓްރެއިންގެ ދެ ކޮމްޕާޓްމަންޓެއް، ވެއްޓިފައިވާ ބުރިޖުގެމަތިން، ޓްރްފިކް ބައިބޯ މަގަކަށް ވެއްޓި އޮތީ އެލިފައެވެ. މި ހާދިސާގައި 65 މީހަކަށް އަނިޔާވެ، 7 މީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށް މެކްސިކޯގެ މީޑއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ބްރުޖްމަތިން ދަތުރު ކުރަމުންދިޔަ ޓްރެއިން، ބުރިޖު ބިންދައިގެން ދިއުމާއެކު ވެއްޓިފައިވަނީ، ޓްރެފިކް ބައިބޯ ވަގުތެއްގައި ބްރިޖްގެ ތިރިން އޮތް ބޮޑު މަގުން ދުއްވަމުންދިޔަ އުޅަދުތަކުގެ މައްޗަށެވެ. ވެއްޓުނު ބްރިޖާއި އަދި ޓްރެއިންގެ ދަށުވި ކާރެއްގެ ތެރެއިން ދިރިހުއްޓާ އެކަކު، މީހުން ސަލާމްތް ކުރުމަށް ހަރަކާތްތެރި ވަމުންދިޔަ ފަރާތްތަކުންވަނީ ސަލާމަތް ކޮށްފައެވެ.

މިއީ، މުޅި ދުނިޔޭގައިވެސް އެންމެ ކާރޫބާރޫ ބޮޑު އެއް މެޓްރޯ ސިސްޓަމް ކަމުގައިވާ މެކްސިކޯ ސިޓީގެ މެޓްރޯ ސިސްޓަމްގައި، ފާއިދުވެދިޔަ އެތަކެއް އަހަރެއްގެ ތެރޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

މެކްސިކޯގެ ލޯކަލް މީޑީއާތަކުންވަނީ، މި ބްރިޖް ވެއްޓުނު މަންޒަރުގެ ވީޑިއޯތައް ފަހުން ބްރޯޑްކާސްޓު ކޮށްފައެވެ. މީޑިއާތަކުން ދުރަށް ފޮނުވާފައިވާ ވޯޑިއޯތަކުން، ބްރިޖް ވެއްޓިގެން ދިޔަވަގުތު، ބްރިޖްގެ ކޮންކްރީޓުތައް ކުދިކުދިވެ ބޯ ދުންގަޑެއް އަރައިގެން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.

މެކްސިކޯ ސިޓީގެ މޭޔަރު ކްލައުޑިއާ ޝެއިން ބައުމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ނުފޫޒު ނުހިމެނޭ ކުންފުންޏަކުން މި ހާދިސާ ތަހުގީގު ކުރާނެއެވެ. އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބްރިޖް ވެއްޓިފައިވާ ކަމަށް ބެލެވެނީ، ބްރިޖް ހިފެހެއްޓުމަށް އަޅާފައި މައިދަގަޑެއް ފެއިލް ވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މެކްސިކޯ ސިޓީގެ މި މެޓްރޯ ލައިން އިފްތިތާހުކުރިތާ އަދި 10 ވަރަކަށް އަހަރުވެސް ވެފައެއް ނުވެއެވެ. މެޓްރޯ ލައިނުން ދަތުރު ކުރާ ޓްރެއިންތައް މަގު ހުރަސް ކުރުމަށް ހެދިފައިވާ މި ބްރިޖްގެ ވެއްޓިފައިވާ ބައިގެ ސްޓްރަކްޓުރަލް ސާވޭ ކޮށް ނިމެންދެން، މި މެޓްރޯ ލައިން ބަންދު ކޮށްފައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެކްސިކޯ ސިޓީގެ މޭޔަރާއެކީ ހުންނަވާ، ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެކްސިކޯގެ ރައީސް އަންޑްރޭސް މެނުއެލް ލޮޕޭޒް އޮބްރާޑޯރ ވަނީ މި ހާދިސާގަ ޝިކާރައަކަށް ހުރިހާ އެންމެންގެ އާއިލާތަކަށްވެސް ތައުޒިޔާ ފޮނުވާފައެވެ. އަދި ވިދާޅުވެފައިވަނީ، މިހާދިސާގެ ފުރިހަމަ ތަހުގީގަކަށްފަހު، ނަތީޖާ އެއްވެސް ފޮރުވުމެއްނެތި ހާމަ ކުރައްވާނެ ކަމުގައެވެ.

2017ވަނަ އަހަރު މެކްސިކޯއަށް އައި ބިންހެލުމަށްފަހު، މި ބްރިޖްގެ ސްޓްރަކްޗާގައި ރެނދުލާފައިވާ ކަމުގެ ޝަކުވާތައް މިސަރައްހަދުގައި ދިރިއުޅޭ މީހުން ކޮށްފައި ވެއެވެ. އަދި މި ޝަކުވާތަކާ ގުޅިގެން މެކްސިކޯގެ ޓްރާންސްޕޯޓު އޮތޯރިޓީން މި ބްރިޖްގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް، މެކްސިކޯގެ އެލް ޔުނިވާރސަލް ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.