މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްސިން ޖެހުން ހުއްޓާލައިފި

މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްސިން ޖެހުން ހުއްޓާލައިފި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 12:51
0

މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްސިން ވަގުތީ ގޮތުން ޖެހުން ހުއްޓާލައިފިއެވެ.

އެޗްޕީއޭގެ ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުން ކުއްލިއަކަށް ހުއްޓާލި ސަބަބެއް، ހާމަކޮށްފައި ނުވެއެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހުމުގައި ރަނގަޅު އިންތިޒާމު ތަކެއްނެތި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިކަމަށް ހައްލުތަކެއް ހޯދައި ދޭނެކަމަށް ރޭ ބޭއްވި ޕްރެސްގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮވިޝިއެލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ ވެކްސިން ނެތިގެންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ. ރޭ ބޭއްވި ޕްރެސްގައިވެސް ނޫސްވެރިން ވެކްސިންގެ ސްޓޮކާއި ގުޅޭގޮތުން ސުވާލު ކުުރުމުން އެމައުލޫމާތު ފަހުން ހާމާކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.