ފިޝަރީޒް މިނިސްޓަރަކަށް ޑރ.ހުސެއިން، އެންވާރުމަންޓަށް ޝައުނާ

ފިޝަރީޒް މިނިސްޓަރަކަށް ޑރ.ހުސެއިން، އެންވާރުމަންޓަށް ޝައުނާ

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 01:38
0

ފިޝަރީޒް މިނިސްޓަރުގެ މަޤާމުން ޒަހާ ވަހީދު ވަކި ކުރުމާއި ގުޅިގެން އެމަޤާމަށް އެންވާރުމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު އައްޔަންކުރެއްވައި، އެންވާރުމަންޓަށް ރައީސް އޮފީހުގެ ޕޮލިސީ އޮފީސް އައިމިނަތު ޝައުނާ މާދަމާ އައްޔަން ކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި މިބޭފުޅުން ވަޒީރުކަމާއި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރުކަމުން މިނިސްޓަރ ޒަހާ ވަކި ކުރައްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮޮތުގައި މިނިސްޓަރ ޒަހާ އަށްވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން މިހާރު އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން ވަކިކުރައްވަނީ ކޮން ވަޒީރުންނެއްކަމެއް ވިދާޅުވެއް ނުވެއެވެ. ރައީސްގެ މިސިޓިއާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސްއަށް ޖަވާބުދެއްވާފައިވެެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ.

ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.