ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންގެ މެދުގައި ކޯޅުން ބޮޑުވެ، ޕާޓީގެ ތެރޭގައި އިންތިހާއަށް ބައިބައިވުން އުފެދި، އަމިއްލަ ޕާޓީއާއި އަމިއްލަ ވެރިކަން އަމިއްލައަށް ހަލާކުވެ ނިމެމުންދާކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގައި ބޮޑެތި ކޯޅުންތައް އޮވެ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދީ ހަދަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ދެމެދުގައި ވާދަވެރިކަން ބޮޑުވެ، ދެބޭފުޅުންނަށް ތާއީދުކުރާ މީހުން ފާޅުގައި ސޯޝަލް މީޑިއާގައި ޒުވާބުކުރަން ފެށުމުންނެވެ.
އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދުނު ހިސާބަކީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ތެރޭގައި ކަންކަން ނުހިގުމުންކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ޚާއްސަކޮށް މިނިސްޓަރ ފައްޔާޒާއި، މިނިސްޓަރ އަމީރު މަޤާމުން ވަކިކުރުން ދިމާކުރި ދިމާކުރުމުން ރައީސް ނަޝީދު ބަލިވުމާއި، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ބޮޑުތަނުން މާލެ ސިޓީން ބަލިވުމުންނެވެ. އަދި މިހާރު އެންމެ ބޮޑަށް ޒުވާބު ބަދަލު ކުރެވޭ އެއްކަމަކީ ބަރުލަމާނި ނިޒާމުގެ މައްސަލައެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑު ވަޒީރުކަމަށް އައުމަށެވެ. ނަމަވެސް އެކަމަށް ތާއީދު ކުރަނީ މަޖިލިސް ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރާ 15 ވަރަކަށް މެމްބަރުންކަމަށް އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. މިކަންކަމާއިގުޅިގެން ނިހާދު ވިދާޅުވެފައިވަނީ އިދިކޮޅު ސަރުކާރާއި، އެމްޑީޕީ ހަލާތު ކޮށްކަން އެއްވެސް ކަމެއް ކުރަން ނުޖެހޭ ވަރަށް އަމިއްލައަށް އެކަންކަން ކޮށް ހަލާކުވަމުންދާކަމަށެވެ.
އަހަރުން އަހަރުންނަށް އަމިއްލައަށް ހަލާކުވެ ނިމި ގަންނަނީ! އިދިކޮޅު ބޭނުމެއްނޫން!
– ނިހާދު ވިދާޅުވިއެވެ.
އާންމުކޮށް ވެރިކަން ކުރާ ޕާޓީ ތެރޭގައި މައްސަލަ އުފައްދައި ފިތުނަ ވެރި ކުރުވަން ގިނަ ފަހަަރަށް މަސައްކަތް ކުރަމުންދަނީ އެއިރެއްގެ އިދިކޮޅަށް އޮންނަ ޕާޓީއެކެވެ. ނަމަވެސް މިހާރު ފެނިގެންދަނީ ވެރިކަމުގައި އޮވެ، މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބި، ޖުޑީޝަރީގެ ކޮންޓްރޯލްވެސް އޮވެ، އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދި އެެއްބޭފުޅަކު އަނެއްބޭފުޅަކަށް ޒިންމާ އަޅުވައި ރައްދުދީ ޒުވާބު ކުރަމުންދާމަންޒަރެވެ.
ކޮމެންޓު ފޮނުވާ