މާލެެ އާއި ހުޅުމާލެ ގުޅުވާލާ ސިނަމާލެ ބުރިޖްގައި ރެނދުލަމުން އަންނަކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން އިންސް ޕެކްޝަނެއް ހަދާފައިވާ ކަމަށާއި، ބްރިޖްގައި ރެދެއް ލާފައި ނުވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ސިނަމާލެެ ބުރިޖްގައި ރެނދުލާފައި އެބަހުރިކަމަށްްް ބުނާ ފޮޓޯތައް ދައުރުވާން ފަށާފައި ވަނީ މި ހަފްތާގެ ތެރޭގައެވެެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާ ކަމަށްބުނެ ދައުރު ކުރަމުންގެންދާ ފޮޓޯތަކާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މި މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ ފަރާތުން ވަނީ ސިނަމާލެ ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށްބުނާ ސަރަހައްދުގެ އިންސްޕެކްޝަންއެއް ހަދާފައިކަމަށެވެ.
މި އިންސްޕެކްޝަނުން މިހާރު ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަން ވަނީ ޔަގީން ކުރެވިފައިކަމަށާއި، އަދި އެ ފޮޓޯއިން ފެންނަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ އެކްސްޕެންޝަން ޖޮއިންޓްތަކަކުން ފެން ފައިބާފައިވާ މާރކުތަކެއްކަން ފަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި މި މާރކުތައް މިހާރު ވާނީ ސާފުކުރެވިފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެއާއި ޗައިނާ ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރި ސިނަމާލެ ބްރިޖްއަކީ 100 އަހަރުވަންދެން ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ބްރިޖެކެވެ. ބްރިޖް އެޅުމަށްފަހު 2 އަހަރުދުވަސްވަންދެއް ބްރިޖްގެ މެއިންޓެނެންސް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް ތަރައްޤީކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ ކުންފުނިންނެވެ.
ކޮމެންޓު ފޮނުވާ