ކުޅުދުއްފުށި ސިޓީން ތިން މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
ކުޅުންދުއްފުށި ސިޓީން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގ ފުލޫކުލިކަށް ދެއްކި ތިން މީހެކެވެ. މިމީހުން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމަތް ހުރެގެން ފްލޫ ކްލިނަކަށް ގޮސް ނެގި ސާމްޕަލް ތަކުންނެވެ.
އަދި މިހާރު އެރަށަށް އަރާ ފޭބުން މަނާކޮށް، އެ މީހުންނާއި ބައްދަލުވި މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
އެރަށަށް އަރާ ފޭބުން މަނާކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ލިޔުމުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށް ވަނި ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ