މައްސަލަ ދިމާވެގެން އިއްޔެ އަލުން ވޯޓުލުން ބޭއްވި ލ.މާވަށުގެ ވޯޓުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން އުޅޭގޮތާއިމެދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހުރި ކަންބޮޑުވުން އިލެކްޝަން ކޮމިޝަނާއި ހިއްސާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންގައި އޮތް މިބައްދަލުވުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވިއެވެ. މިބައްދަލުވުމުގައި ޕީޕީއެމްއިން ވަނީ އިންތިޚާބުގެ ނަތީޖާ އިލެކްޝަނުން އިއުލާންކުރަން އުޅޭގޮތާއިމެދު ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. އަދި ކޮމިޝަނުންވެސް ވަނީ އެބޭފުޅުންގެ ވާހަކަތައް އިދިކޮޅު ކޯލިޝަނާއި ހިއްސާ ކުރައްވާފައެވެ.
L.Maavashu Vote Natheeja EC iulaan kuran ulhey gothaa medhu @ProgressPartyMV ge huri Kanboduvun thah @ElectionsMv aai Hissaakohffin.@HeenaWaleed @DhiyaresNews @Ch13official pic.twitter.com/dOyRsehhzC
— Ibrahim Shujau ? (@shuja3831) May 2, 2021
އިއްޔެ ބޭއްވި ދެވަނަ ބުރުގެ މާވަށުގެ އިންތިޚާބުގައި މާވަށު ކައުންސިލް ރައީސްގެ މަޤާމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި އަހުމަދު މޫސާ ގޮޑި ކާމިޔާބު ކުރެއްވީ 26 ވޯޓުގެ ތަފާތަކުންނެވެ. އަދި މައްސަލަ ޖެހުނު ކައުންސިލް މެމްބަރުކަމުގެ ގޮޑި ޕީޕީމްގެ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރު ކާމިޔާބު ކުރެއްވީ 11 ވޯޓުގެ ތަފާތަކުންނެވެ.
މަތީޖާއާއިއެކު މާވަށު ކައުންސިލްގެ ތަސް ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 5 ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. މިއީ މާވަށުގެ ސައްތައިން ސައްތަ ސަރުކާރަށް ނޫނެކޭ ބުނުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ވޯޓުގެ ނަތީޖާ މިއަދު އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަނުން އަމަލު ކުރަމަށް މަަސއްކަތް ކުރަމުންދާ ގޮތާއިމެދު ޕީޕީއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ފަރާތްތަކުން ލިބެމުން ދާ މަޢުލޫމާތުތަކުން ބުއްދިއަށް ޤަބޫލު ކުރަން ދަތި ގޮތަކަށް އެ ރަށުގެ ނަތީޖާ ތައްޔާރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމުގެ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށެވެ.
އެގޮތުން ލިބިފައިވާ މަޢުލޫމާތު ބުނާ ގޮތުން އެ ވޯޓު ފޮށީގައިވާ ވޯޓުތަކުގެ ތެރެއިން އެއް ވޯޓުގެ ފަރަޤަށް ވުރެ ތަފާތު ކުޑަ ވެގެން ބާޠިލު ކުރި މަޤާމުތަކަށް މެންބަރުން ކަނޑައެޅުމުގައި ބަލާނީ ބާޠިލުކޮށް އަލުން ނެގުނު ވޯޓުގެ ނަތީޖާއަށް އެކަނިކަމަށެވެ. އެހެންނަމަވެސް މިއީ ބާޠިލުކޮށް އަލުން ނެގުނު ވޯޓުފޮށްޓެއް ކަމަށް ވާތީ އެރަށުގެ ނަތީޖާ ކަނޑައެޅެން ވާނީ، އެރަށުގައި ބަހައްޓާފައިވާ އެއް ނަންބަރު ވޯޓު ފޮށްޓާއި، އަދި އެހެނިހެން ތަންތާ ބަހައްޓާފައިވާ ވޯޓު ފޮށީގެ ނަތީޖާ ތަކާއި، ބާޠިލުކޮށް އަލުން ނެގުނު ފޮށީގެ ނަތީޖާ އާއި އެއްކުރުމުން ނުކުންނަ ނަތީޖާއަކީ ޖުމްލަ ނަތީޖާ ކަމުގައި ބަލައިގެން ކަމަށް ހަމަ ވިސްނޭ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ކަމަށް ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ދަނީ އިއްޔެ ބޭއްވުނު 12 ދާއިރާގެ ވޯޓުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ