އިންތިޚާބީ ކައުންސިލަރުންނަށް މާލެ ސިޓީ ކައުންސިލް ތަޢާރަފްކޮށްދީފި

އިންތިޚާބީ ކައުންސިލަރުންނަށް މާލެ ސިޓީ ކައުންސިލް ތަޢާރަފްކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 01:53
0

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުންނަށް މާލެ ސިޓީ ކައުންސިލް ތަޢާރަފްކޮށް ދެއްވައިފިއެވެ.

މިއަދު މާލެ ސިޓީގައި އޮތް މިބައްދަލުުވުމުގައި އަަލަށް އިންތިޚާބުވި މޭޔަރާއި، ކައުންސިލަރުންވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމުގައި ކައުންސިލަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކައުންސިލުރުން ރާވާފައިވާ ކަންކަމާއި، އަދި ކައުންސިލްގެ ކަންކަން ކުރިއަށް ދާގޮތް ވަނީ ހިއްސާ ކޮށްފައެވެ.

ބައްދަލުވުމުގައި މޭޔަރ ޞިފާ ވިދާޅުވީ މާލޭ ސިތި ކައުންސިލްގެ ފާއިތުވި ދައުރުގައި މަސައްކަތްކުރެއްވި އިރު ގޮންޖެހުންތަކެއް ހުރިކަމުގައި ވިއަސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމެއް އެބައޮތްކަމަށެވެ. އެއީ މާލޭގެ ބިންތައް އަމާނާތްތެރިކަމާއެކު މިކައުންސިލަށް ނަގުލުކުރެވޭތީކަމަށްވިދާޅުވެ. ފާއިތުރި ދައުރުގައި އެއްވެސް ފަރާތަކަށް ބިން ދޫކުރުމުގެ ބަދަލުގައި ކުރެއްވި މަސައްކަތަކީ ބިންތަކުގެ އޮޅުން ބޮޅުން ފިލުވުންކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ވަރަށް ގިނަ ބިމުގެ މައުލޫމާތު ސާފުކުރެވިފައިވާކަމަށާއި މި މައުލޫމާތު އިންތިޚާބީ ކައުންސިލަރުންނަށް ފޯރުކޮއްދެއްވާނެކަމަށް ވިދާޅުވިއެވެ. ބައަދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިޚާބީ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުނަށް ފަސޭހަ ޚޅިދުމަތްތަކެއް ދެއްވުމަކީ އިސްކަން ދެއްވާނެކަމެއްކަމަށެވެ. އަދި އިންތިޤާލީ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާތީ ޝުކުރުދެންނެވިއެވެ.

މާލޭ ސިތީ ކައުންސިލްގެ މި ދައުރުގައި ކުރެވުނު މަސައްކަތްތަކާ އަދި ފެށިގެން ކުރިއައްދާ މަސައްކަތްތަކާ ފަށަން ތައްޔުރުވެފައިވާ މަސައްކަތްތަކުގެ މައުލޫމާތު މި ބައްދަލުވުމުގައި އިންތިޚާބީ ކައުންސިލަރުންނާ ހިއްސާކުރެވުނެވެ. އެގޮތުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްއާއި، ބުޅަލުގހެ އުނދަގުލުން މާލޭ ސީޓިގެ ރައްޔޔިތުން ސަލާމަތްކުރުމަށް ފަށަން ތައްޔާރުވަމުންދާ މަޝްރޫޢުއާއި، ވީކެންޑް މާކެޓާއި، ކުނީގެ މައްސަލައަސް ހައްލެއްގެނައުމަށް ރާވާފައިވާ މަޝްރޫޢުއާއި، މާލޭގެ ޕާކިންގް އަށް ހައްލެއްގެނެސް ބަސްދަތުރު ފުޅާކުރުމަށް ރޭވިފައިވާ މަޝްރޫޢުއާއި، ސިޓީ ކައުންސިލްގެ އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢުއާއި، މާލެއާއި ވިލިމާލޭގެ މަސްމާރުކޭޓާއި، މާފަންނު މަސްބާނާ ޕްލެޓްފޯމާއި، ގަލޮޅު ފުޓްސަލް ދަނޑާއި، އެމް.އެމް.އޭ ސަރަޙައްދުގައި ހަދާ ދަތުރުވެރިންގެ ހިޔާވަހިކަމާއި، މާލޭ ވި8ޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މައުލޫމާތާއި، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖާއި ގުޅިގެން ސިތި ކައުންސިލުން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތާއި، މާލޭގައި ހަދާ ޕާކިންގް ބިލްޑިންގްތަކާއި، މަގުމަތީ އަގުދީގެން ޕާކް ކުރުން ތަޢާރަފްކުރުމުގެ މަޝްރޫޢުޢައި ވިލިމާލޭގައި ތަރައްޤީކުރާ ޕާކްތަކުގެ މައުލޫމާތު ހިއްސާކުރެވުނެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީޕީއެމްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުގެ މަޤާމާއިއެކު 12 ގޮޑިއެއް ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ވޯޓުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދު ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ބުނެފައެވެ.

މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ. އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވަނީ %34.9 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.