މަޝްހޫރު ފުޓުބޯޅަ ތަރި، ޑިއޭގޯ މަރަޑޯނާއަށް ފޯރުކޮށްދީފައިވަނީ އެކަށީގެން ނުވާ ފަރުވާއެއް ކަމަށާއި، އަދި އޭނާ އޮތީ ވާނެގޮތެއް ވާން ދޫކޮށްލެވިފައި ކަމަށާއި، މަރަޑޯނާ މަރުވުމުގެ ކުރިން، އެއްވެސް ފަރުވާއެއް ނުދީ "ކަންބޮޑު ވާފަދަ ދަރަޖައަކަށް، އެތައް އިރެއް ވަންދެން" ދޫކޮށްލެވިފައި އޮތްކަމަށް، މަރަޑޯނާގެ މަރުގެ ހަގީގަތް ހޯދުމަށް އެކުލަވާލެވުނު ޚާއްސަ ޕެންލައިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފިއެވެ.
ސިކުޑީގައި ގަޑު ލޭކޮޅެއް އުފެދިގެން އޮޕަރޭޝަނެއް ކުރިތާ ހަފްތާތަކެއް ފަހުން، އުމުރުން 60 އަހަރުގެ މަޝްހޫރު ފުޓުބޯޅަ ތަރި މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.
މަރަޑޯނާގެ މަރަށްފަހު، އެތައް ދުވަހެއްވަންދެން އާޖެންޓީނާގައި އޭނާގެ ވަކިވެދިއުމުގެ ހިތާމަ ފާޅު ކޮށްފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހިތާމާގައި ބައިބެރި ވެފައި ވެއެވެ.
މަރަޑޯނާގެ މަރަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް، އާޖެންޓީނާގެ ޕަބްލިކް ޕްރޮސެކިއުޓަރ، އޭނާގެ މަރުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް، ތަފާތު އެކި ދާއިރާތަކުން ހޮވާލެވުނު 20 ތަޖުރިބާކާރުންގެ ޕެނަލެއް އެކުލަވާލިއެވެ.
މިގޮތުން، މަރަޑޯނާގެ، ނާރުތަކާބެހޭ ޑޮކްޓަރު، ލިއޯޕޯލްޑޯ ލުކުއޭ، އާންމު ބަލިތަކާ ބެހޭ ޑޮކްޓަރު އަގުސްޓިނާ ކޮސަކޯވް އަދި ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރ ކާލޯސް ޑިއާޒްގެ އިތުރުން މަރަޑޯނާއަށް ފަރުވާދިން ނަރުހުންނާއި، ނަރުސް ކޯޑިނޭޓަރާއި މެދިކަލް ކޯރޑިނޭޓަރު ހިމެނޭ ގޮތުން މި ޕެނަލުން ވަނީ ޚާއްސަ ތަހުގީގެއް ހިންގާފައެވެ.
މި ޕެނަލުން ތައްޔާރުކުރި، 70 ސޮފްހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މަރަޑޯނާ އޮށޯވެގެން އޮތް އެނދުގައި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަގުތުގެ 12 ގަޑިއިރު ކުރިން، އޭނާ މަރުވުމަށް މެދުވެރިވި ހާލަތު ވަނީ އުފަންވެގެން އައިސްފައެވެ. މި ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތައް ސާބިތު ވެއްޖެނަމަ، މަރަޑޯނާގެ މަރުގެ ޒިންމާ އޭނާގެ މެޑިކަލް ޓީމުން ނަގަންޖެހި، ޓީމުގެ މެމްބަރުންގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
"މަރަޑޯނާއަށް ފަރުވާ ދީފައިވާ މެޑިކަލް ޓީމުން ދީފައިވާ ފަރުވާއަކީ އެކަށީގެންނުވާ، ފުރިހަމަ ނޫން، އަދި ރުންކުރުކޮށް ދީފައިވާ ފަރުވާތަކެއް،" ފާއިތުވެދިޔަ އެޕްރިލް މަހުގެ 30 ވަނަ ދުވަހު ނެރެފައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ. މަރަޑޯނާގެ މަރުގެ ހާދިސާ ތަހުގީގު ކުރި ޓީމުގެ އަރިސް ފަރާތަކުން މިރިޕޯޓު ވަނީ ރޮއިޓާސް ނޫސް އޭޖެންސީއާއި ހިއްސާ ކޮށްފައެވެ.
"އޭނާ ވަނީ، ވަރަށް އުދަގޫ، ބަރުދާސްކުރަން ދަތި ހާލަތުގައި، މަރުވުމުގެ ކުރިން އެތައް އިރެއް ހޭދަ ކޮށްފަ، އެހެންކަމުން އަހަރެމެން މި ނިންމަނީ ބަލިމީހާ 11/25/2020 ވަނަ ދުވަހުގެ 00:30އިން ފެށިގެން އެކަށީގެންވާ ގޮތެއްގައި މޮނިޓަރ ކޮށްފައި ނުވާކަމަށް،" ރިޕޯޓުގައި ބުނެފައި ވެއެވެ.
މަރަޑޯނާގެ ސިކުޑީގެ އޮޕަރޭޝަނެއް ކޮށްފައިވަނީ، އޭނާ އެންމެ ފަހުން ކޯޗް ކޮށްދެމުންއައި ކުލަބް ކަމުގައިވާ ޖިމްނޭސިއާ ވައި އެސްގްރިމާއާއެކު އޭނާ އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަ ކުރިތާ 4 ދުވަސް ފަހުންނެވެ.
އެހެންނަމަވެސް، އޮޕަރޭޝަން ކުރިފަހުން މަރަޑޯނާގެ ސިއްޙީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އެއަށްފަހު އޭނާއަށް ވާހަކަ ދެއްކުމުގައި އުދަގޫތަކެއް ކުރިމަތި ވިއެވެ. މަރަޑޯނާ ވަނީ އޭނާގެ ހަޔާތުގައި، ކޮކެއިންއާއި އަލްކޮހޯލްއަށް ދެވިހިފުމާއި ހަގުރާމަ ކޮށްފައެވެ. މަރުވިއިރު މަރަޑޯނާ އަށްވަނީ، ފުއްޕާ މެއާއި، ކިޑްނީ އަދި ކާޑިއޯ ވަސްކިއުލާ ޑިސްއޯޑަރގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.
މަރަޑޯނާގެ މަރަށްފަހު، އޭނާގެ ދެ އަންހެން ދަރިންވަނީ، އޭނާގެ ސިއްޙީ ހާލަތު ގޯސްވުމުގެ ޒިންމާ، އޭނާއަށް ފަރުވާދެމުން އައި ޑޮކްޓަރު ލުކުއޭގެ ބޮލުގައި އަޅުވާފައެވެ. އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރި ޕެނަލްއިން ނިންމާފައިވަނީ، "އެކަށީވާ ތަނެއްގައި، އެކަށީގެންވާ ފަރުވާ ދެވުނުނަމަ، މަރަޑޯނާ ދުނިޔޭގައި އޮތުމުގެ ފުރުސަތު ބޮޑުކަމުގައި" ނިންމާފައެވެ.
މަރަޑޯނާ މަރުވެފައިވަނީ، އޭނާ ގޭގައި ބާއްވާއިގެން ފަރުވާ ދިނުމަށްޓަކާ، އާޖްނެޓީނާގެ ވެރިރަށް ބޮއިނަސް އޭރިސްގެ އަވަށެއްފައި، ކުއްޔަން ހިފާފައިވާ ހުރި އެޕާޓުމަންޓުގައެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މަރަޑޯނާގެ ސިކުޑީގެ ހާލަތު ހުރީ އަމިއްލައަށް ގޮތް ނިންމޭފަދަ ހާލަތެއްގައި ނޫންކަމަށާއި، އެހެންކަމުން، އޭނާއަށް ފަރުވާ ދޭންވީ ކޮންތަނެއްގައިކަން ނިންމުމުގެ ފުރުސަތު އޭއާށްދީ، އެ ހާލަތުގައި މަރަޑޯނާގެ ވިސްވުމަށް އެކަނި ބަރޯސާވެވިގެން ނުވާނެ ކަމުގައެވެ. ތަހުގީގު ޓީމުން ބުނެފައިވާ ގޮތުގައި، މަރަޑޯނާއަށް ދީފައިވާ ފަރުވާއަކީ، އެކަށިގެންވާ ވަރަށްވުރެ ދަށް ފެންވަރުގެ އަދި އެއްވެސް ތަރުތީބެއް ނެތި ދީފައިވާ ފަރުވާއެއް ކަމުގައެވެ. އަދި އޭނާގެ މެޑިކަލް ޓީމުން، މަރަޑޯނާގެ ދިރިއޮތުން އޭގެ ޒާތުގައި މަރަޑޯނާގެ އަމިއްލަ ހާލަތުގެ މައްޗަށް ދޫކޮށްލާފައިވާކަމަށް ވެސް މި ރިޕޯޓުގައި މެޑިކަލް ޓީމުން ބަޔާން ކޮށްފައި ވެއެވެ.
1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިންފަހުން، އެގައުމުގައި މަރަޑޯއަކީ ބަތަލެއްކަމުގައި ގިނަބަޔަކު ދެކެއެވެ. އަދި މަރަޑޯނާއަށް އެންމެ ފަހުގެ އަލްވަދާއު ކިއުމަށް އޭނާގެ ޖަނާާޒާއަށް އާޖެންޓީނާގެ އެތައްހާސް ބަޔަކު އެއްވެފައި ވެއެވެ.
One Response
K