އިސްރާއީލުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ ދީނީ އިހިތިފާލެއް ކަމުގައިވާ "ބޮންފަޔަރ ފެސްޓިވަލް" ފާހަގަ ކުރުމަށް އެއްވި މީހުން ތޮއްޖެހި، އެކެއްގެ ގައިމައްޗަށް އެނެކަކަށް އެރި، ގިހި ހަދިސާތަކުގައި މަދުވެގެން 28 މީހަކު މަރުވެ، 50 މީހަކަށް އަނިޔާ ވެފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލް ނޫހުން ރިޕޯޓު ކޮށްފިއެވެ.
އިސްރާއީލުގެ ރެސްކިއު ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާގައި 28 މީހުން މަރުވެފައި ވާކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އަދި އިސްރާއީލީ އެމަޖެންސީ ސާވިސް، މަގެން ޑޭވިޑް އެޑޮމް އިން މައުލޫމާތު ދީފައިވަނީ، މިހާދިސާގައި އަނިޔާ ލިބުނު 50 މީހަކަށް ދަނީ އެމަޖެންސީ ފަރުވާ ދެވެމުންނެވެ. މީގެތެއިން 20 މީހެއްގެ ހާލަތު ވަރަށް ނާޒުކު ކަމުގައިވެސް އެމަޖެންސީ ސާވިސަސްއިން ވަނީ މައުލޫމާތު ދީފައެވެ.
އިސްރާއީލުގެ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ، އިސްރާއިލުގެ އުތުރުގައި ހުންނަ މައުންޓް މެރޮން ފަރުބަދަ ސަރަހައްދުގައި ކުރިޔަށްދިޔަ ލެގް ބޯމަރ އިވެންޓުގައި މީހުން މަރުވުމުގެ ހާދިސާ ހިގާފައިވަނީ، މި ސަރަހައްދުގައި ހަދާފަައި ހުރި ސިޑިބަރިއެއް ވެއްޓިގެން ކަމުގައެވެ.
פצועים מפונים מהמקום pic.twitter.com/OmQu2YhSVv
— משה ויסברג (@moshe_nayes) April 29, 2021
އެހެންނަމަވެސް، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރަ ފަރާތްތަކުން ފަހުން މައުލުމާތު ދީފައިވަނީ، މިއިހުތިފާލުގައި މީހުން މަރުވާން މެދުވެރިވި ސަބަބަކީ، މީހުން ފުރިބާރުވެގެން ހިގައިދިޔަ ހާދިސާތަކުގައި ކަމުގައެވެ.
މި ދީނީ އިހުތިފާލް ފާހަގަ ކުރުމަށްޓަކާ، އެތައް ހާސް ޔަހޫދީންނެއް، މީލާދީން 2 ވަނަ ގަރުނުގެ ޒިޔާރަތެއްގެ ކައިރިއަށް އެއްވެ، މުޅި ރޭގަޑު ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޔަހޫދީންގެ ރޭ އަޅުކަމާއި އަދި ޑާންސް ކުރުމުގައެވެ. މި ޒިޔާރަތަކީ، ޔަހޫދީންގެ އެންމެ މުގައްދަސް އެ ބިނާގެ ގޮތުގައި ފާހަގަ ކުރާ ޒިޔާރަތެކެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް ދީނީ އިހުތިފާލް ފާހަގަ ކުރުމަށް ޔަހުދީން އެއްވާ ތަނެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީިޑިއޯތަކުން، މި ދީނީ އިހުތިފާލްގެ ބައިވެރިން، ފުމެ ނަޝާ ހަދާ މަންޒަރުވަނީ ފެނިގެން ގޮސްފައެވެ.
לכבוד התנא: עשרות אלפים בהדלקה המרכזית של תולדות אהרן שמרעידה את הההר מצד לצד pic.twitter.com/b2pMQsXv1z
— משה ויסברג (@moshe_nayes) April 29, 2021
މި ހާދިސާއާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީ ޓުވިޓަރގައި ވިދާޅުވެފައިވަނީ، މިއީ ކުރިމަތިވި ބޮޑު "ކާރިސާއެއް" ކަމުގައެވެ.