ޔުއެފާ ޔޫރޮޕާ ލީގުގައި ވިޔަރެއާލް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ލެގުގައި ވިޔަރެއާލުން އާސެނަލް ބަލިކޮށްފި

ފުރަތަމަ ލެގުގައި ވިޔަރެއާލުން އާސެނަލް ބަލިކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ވިޔަރެއާލުން އާސެނަލް ބަލިކޮށްފިއެވެ.

ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްގެ މައްޗަށް އެޓީމުން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ ކުރީގެ ކޯޗު އުނާއީ އެމްރޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވިޔަރެއާލްގެ އިން ލީޑު ނެގީ މެޗުގެ 5 ވަނަ މިނެޓުގައި މަނޫ ޓްރިގުއޭރޮސް ޖެހި ލަނޑުންނެވެ. އަދި 29 ވަނަ މިނެޓުގައި ތަޖުރިބާކާރު ޑިފެންޑަރު ރައޫލް އަލްބިއޮލް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 55 ވަނަ މިނިޓުގައި އާސެނަލްގެ ޑެނީ ސެބާލޮސް އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމު 10 މީހުންނަށް މަދުވެފައި ވަނިކޮށް، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ 73 ވަނަ މިނެޓުގައި ތަފާތު ކުޑަކޮށްފައެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ވިޔަރެއާލްގެ އެޓިއަން ކަޕޫއޭ އަށް ރަތްކާޑު ދެއްކުމުން، ވިޔަރެއާލް ވެސް މެޗު ނިންމާލީ 10 މީހުންނާއެކުއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގައި އާސެނަލް އާއި ވިޔަރެއާލް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ އަންނަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *