ކޯވިޑްގެ ޕޮޒިޓިވް ނިސްބަތް 10 ޕަސެންޓުން މައްޗަށް، އެޗްޕީއޭ ހަމަހިމޭނުން!

ކޯވިޑްގެ ޕޮޒިޓިވް ނިސްބަތް 10 ޕަސެންޓުން މައްޗަށް، އެޗްޕީއޭ ހަމަހިމޭނުން!

ގުޅުންހުރި

ރާއްޖެއިން ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ، ބަލީގެ ނުރައްކާ ބޮޑުވަމުންދާއިރުވެސް އެޗްޕީއޭއިން އެއްވެސް އަޅާލުމެއްނެތި މިކަމުގައި ހަމަހިމޭން ވެއްޖެއެވެ.

ރާއްޖެއިން ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާ ކޮންމެ ފަހަރަކު އެޗްޕީއޭއިން ދިޔައީ އެކި ފިޔަވަޅުތައް އަޅައި ބަލި ކޮންޓްރޯލް ކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޭގެ ނަތީޖާވެސް ފެނިފައިވެއެވެ. ނަމަވެސް މިފަހަރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސް ފަރުވާދޭ މީހުންގެ އަދަދު މަތިވަމުން ދިޔަ ނަމަވެސް އެޗްޕީއޭގެ މާބޮޑު އަޅާލުމެއް މިކަމުގައި ނެތެވެ. އެއްވެސް ސަމާލުކަމެއް ނެތްގޮތަށް އެޗްޕީއޭއިން ވަނީ ވާނެ އެއްޗެއް ވާން ދޫކޮށްލާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ކޯވިޑްގެ ޕޮޒިޓިވިޓީ ހޯމައިގައި 10 ޕަސެންޓަށް އެރުމަށް ފަހު އަންގާރަ އާއި އިއްޔެ ވެސް 11.7 ޕަސެންޓު ވަނީ ޕޮޒިޓިވްވެފައެވެ. އެވްރެޖުކޮށް ޕޮޒިޓިވްވާ ނިސްބަތް 5 ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަކީ ކޮވިޑް ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ މުހިއްމު އަމާޒެކެވެ. މި މަހުގެ އެކި ހަފްތާތަކުގެ އެވްރެޖަށް ބަލާ އިރު ވެސް، ކުއްލި އިތުރުވުމެއް ވަނީ އައިސްފަ އެވެ. ފުރަތަމަ ތިން ހަފްތާގައި ޕޮޒިޓިވް ވެފައި ވަނީ 3-5 ޕަސެންޓު ސާމްޕަލެވެ. އެކަމަކު ހަތަރުވަނަ ހަފްތާގެ އެވްރެޖު ޕޮޒިޓިވިޓީ ވަނީ ގާތްގަނޑަކަށް 9 ޕަސެންޓަށް އަރައިފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 450 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވެފައެވެ. މިއީ ރާއްޖެފަދަ ވަސީލަތް މަދު، އަދި އަވަށްޓެރި ޤައުމުތަކަށްވެސް އަތެއް ދިއްކޮށް ނުލެވޭ ހާލަތުގައި އެޤައުމުތައްވެސް އޮތްއިރު، އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް ޞިއްޚީ ތަޖުރިބާ ކާރުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިކަމުގައި އެޗްޕީއޭއަށް ފިޔަވަޅެއް އަޅަން ނުކެރިން އުޅޭ ސަބަބެއްވެސް އަދި ފިޔަވަޅެއް ނާޅައިގެން އުޅޭ ސަބަބެއްވެސް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިޔާ، ސްރީލަންކާގައި އިންތިހާއަށް ބަލީގެ ހާލަތު ގޯސްވެފައިވެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރާއްޖެއިން ހާލަތު ގޯސްވަމުންދާއިރުވެސް މުވައްސަސާތަކުން ކަހާތަން ހިރުވާވެސް ނުލާ ތިބުމަކީ ރައްޔިތުންގެ މިއަދު އޮތް އެންމެބޮޑު ކަންބޮޑުވުމެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުގެވެސް އަދި ކަމާއި ގުޅުންހުރި އިދާރާތަކުގެވެސް އެންމެ ބޮޑު ޒިންމާއަށްވާއިރު، މިއަދު ފެނިގެންދަނީ ޒިންމާއިންރެކި، ވާނެ ގޮތެއްވާން ދޫކޮށްލާފައިވާ މަންޒެރެވެ. މިގޮތަށް މިކަން ދޫކޮށްލާފައި އޮންނަނަމަ ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކު ހާލަތަށް ގޮސްދާނެކަމުގެ އިންޒާރު ބައެއް ޞީއްޚީ ބޭފުޅުންވެސް ދަނީ ދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އެހެންތާވާނީ މަޖިލީހުގެ ރައީސް ހުރިހާކަމަކާބެހި އެޗްޕީއޭގެ ވެރިންމަޖިލީހަށް ހާޞިތުކުރާނެކަމަށް ގޮވާ އެޗްޕީއޭގެ ޓީމުން ކޮރަޕްސަންހިންގާ ކަމަށްތުހުމަޔުކޮށް މަޖިލީހުގެ ބައެއްމެމްބަރުން އެޗްޕީއޭގެ މަސައްކަތްފާހަގަކުރުމުގެބަދަލުގަ އެކިޖަލްސާތަކުގައި ރުޅިވެރޮކަމާއިއެކު އެމީހުންގެ ބޮލުގައި އަޅުވަމުންގެންދިއަ އިލްޒާމްތަކުގެސަބަބުން ކަންތައް ގޯސްނުވެނުދާނެކަންއެނގޭ ރެއާއި ދުވާލު އާއިލާއާއިދުރުގައިތިބެ ކުރިޚިދުމަތަށް ލިބުނީ ވަގުންގރލަގަބާއި ތާޖު ދެންވާނެހައެތިމިވަނީ….

Leave a Reply

Your email address will not be published. Required fields are marked *