ރާއްޖޭގައި ކޯވިޑްގެ ހާލަތު މިވަނީ އަނެއްކާވެސް ގޯހުން ގޯހަށްގޮސް، ބަލިޖެހޭ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިންތުރުވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެވެސް ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވެފައެވެ. އިއްޔެވެސް ވަނީ ރާއްޖެއިން 386 މީހަކު ޕޮޒިޓިވެވެފައެވެ. ފާއިތުވެދިޔަ 4 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ 12،300 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް މިހާރު ވަނީ ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ފާލުން ނެއްޓިފައެވެ.
މިފަހުން ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވަނީ އަވަށްޓެރި އިންޑިޔާއިން އެކި ޤައުމުތަކަށް ދަތުރުކުރާ މީހުން ކަރަންޓީންވުމަށް އަންނަން ފެށި ހިސާބުންކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި މިހާރު ރާއްޖޭގައި އުޅެނީ ކޮން ވޭރިއަންޓެއްކަމެއްވެސް ނޭގޭ ހިސާބަކަށް ބަލީގެ ހާލަތުވަނީ ގޯސްވެފައެވެ. ރާއްޖޭގައި ކޯވިޑަށް ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ ފަރުވާދޭނެ ޞިއްޚީ އެހީތެރިންނާއި ވަސީލަތް ނެތްކަމުގެ ކަންބޮޑުވުންވެސް ޑޮކްޓަރުން ދަނީ ފާޅު ކުރަމުންނެވެ.
ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރުވެސް ކަމާއިބެހޭ ފަރާތްތަކުން ބަލި ކޮންޓްރޯލް ކުރުމަށްޓަަކައި އެޅި އެންމެ ފިޔަވަޅެއްވެސް ނެތެވެ. ކޮންމެ ދުވަހު އަދަދުތައް ހާމަކުރުން ފިޔަވައި އެޗްޕީއޭގެ ޒިންމާއެއްވެސް ނެތްކަހަލަ ގޮތަކަށް ކަންކަންދަނީ ފެންނަމުންނެވެ. ކޯވިޑްގެ ވެކްސިން ޖެހިމީހުންގެ ނިސްބަތް އިތުރުވި ކަމުގައި ވީނަމަވެސް ރާއްޖެއިން ކޯވިޑަސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ކޮންޓްރޯލުން ނެއްޓެމުންނެވެ. ކޮންމެ ދުވަހަކު 200 އިން 300 އިން މީހުން ޕޮޒިޓިވްވާނަމަ މިއީ ޞިއްޚީ އިދާރާތަކަށް ނުކަތާނެ މިންވަރެއްކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުން އަންނައިރު މިހާރު އެންމެގިނަ ކޭސްތައް ރިޕޯޓުކުރަމުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސްކުރުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިންގެ ގެ ޙާލަތުގައެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން ފާއިތުވި 24 ގަޑިއިރާ ހަމައަށް 900 އަށްވުރެ ގިނަ ކޭސްވަނީ އަތޮޅުތަކުން ފެނިފައެވެ.
ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިޔާ، ސްރީލަންކާގައި އިންތިހާއަށް ބަލީގެ ހާލަތު ގޯސްވެފައިވެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރާއްޖެއިން ހާލަތު ގޯސްވަމުންދާއިރުވެސް މުވައްސަސާތަކުން ކަހާތަން ހިރުވާވެސް ނުލާ ތިބުމަކީ ރައްޔިތުންގެ މިއަދު އޮތް އެންމެބޮޑު ކަންބޮޑުވުމެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުގެވެސް އަދި ކަމާއި ގުޅުންހުރި އިދާރާތަކުގެވެސް އެންމެ ބޮޑު ޒިންމާއަށްވާއިރު، މިއަދު ފެނިގެންދަނީ ޒިންމާއިންރެކި، ވާނެ ގޮތެއްވާން ދޫކޮށްލާފައިވާ މަންޒެރެވެ. މިގޮތަށް މިކަން ދޫކޮށްލާފައި އޮންނަނަމަ ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކު ހާލަތަށް ގޮސްދާނެކަމުގެ އިންޒާރު ބައެއް ޞީއްޚީ ބޭފުޅުންވެސް ދަނީ ދެއްވަމުންނެވެ.
2 Responses
ބޮޑުދަންނަ ބުނާގޮތެއްނޫނީ ހެދޭކަށްނެތް މުސާރަދޫކޮށްލާފަ ގެއައް ދެވޭކަށްނެތް
annige family beybe naseem minister ahkaleema Varah dhakothidhanee mihaaru thi mistry enmedhathan beysnulibe