ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ގިނަބައެއް އިންތިޒާރު ކުރި އެއްވައުދަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެވެ. މިމައްސަލައަށް އަހަރުތަކެއްވެ ވެރިކަމަށްވެސް ދެ އަހަރާއި ބައިވަމުންދާއިރު، މިމައްސަލައިގެ ކޮޅެއް މެދެއް ކިޔަންވެސް އަދި ނޭގެއެވެ.
އެމްއެމްޑީޕީއާރުސީ މައްސަލައިގެ ވާހަކަ އަބަދުވެސް ތިލަވަނީ ސިޔާސީ ގޮތުން ހާސިލް ކުރަންޖެހޭ ވަކިކަމެއް ވަކިބަޔަކަށް ހާސިލް ނުވާ ހިސާބުންނެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީން ލަދު ގަންނަވާލުމުން އެމްޑީޕީން ބުނެފައިވަނީ ރައްޔިތުން އެމްޑީޕީ ބަލައި ނުގަތީ ވައްކަން ނުބެލުނީކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީއަށް މިހެން ބުނެވޭނެ އެެއްވެސް ޖާގައެއްނެތެވެ. ވެރިކަމާއި، މަޖިލީހުގެ ސުޕަމެޖޯރިޓީއާއި، މުޅި ޖުޑިޝަރީވެސް އޮތީ ސަރުކާރުގެ މުށުތެރޭގައޭ ބުނަޏަސް ދޮގަކަށް ނުވާނެއެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި އަޑަށްބާރު ލައްވާފައި ދޭތެރެ ދޭތެރެއިން އެވާހަކަ އެންމެ ގަދަޔަށް ދައްކަވައި، ހެޑްލައިން ހައްދަވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. މިމައްސަލާގައި މަޖިލިސް ރައީސްގެ ގޮޑި ކޮޅުގައި އިންނަވައިގެން ނަޝީދުވަނީ އެކިގޮތަށް އެކި ދުވަހު ވާހަކަ ދައްކަވާފައެވެ. ބައެއް ދުވަސް ދުވަހު ވާހަކަފުޅު ދައްކަވާގޮތުން ޖެހިގެން އަންނަ ދުވަހު އެމައްސަލައިގައި ޝާމިލުވާ މީހުންނަކީ ކޮބައިކަން އެހޭ ހިސާބަށްވެސް ގޮސްދާނެ ގޮތަށް ނަޝީދު ވަނީ ވާހަކަފުޅު ބައްޓަން ކުރައްވާފައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު މިމައްސަލާގައި ނަޝީދު ދެއްކެވި ކޮންމެ ވާހަކައެއް މިވަނީ ބިލާހަކަށް ވެގެން ގޮސްފައެވެ.
2020 ވަނަ އަހަރުގެ އޮކްޓޯމަރު 20 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ކުރައްވާފައި ނުވެއެވެ.
އެމްއެމްޕީއާރުސީއާއި ގުޅުންހުރި 70،000 މެސެޖް އާންމު ކުރާނަން: ނަޝީދު
މަޖިލިސްގައި ނަޝީދުވަނީ މިމައްސަލަ ނުބެލިދާ ގޮތާއ ގުޅޭގޮތުންވެސް އެކިއިރު އެކި ގޮތަށް ވާހަކަ ދައްކަވާފައެވެ. ނަޝީދުވަނީ މިމައްސަލަ ބެލުމަށް ހަވާލުވެފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވެފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ކޮމިޝަން ހަދައިގެން މުސާރަދީފައި ބޭތިއްބުމަކީ އެއްވެސް ބޭނުންކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. ހަމަ އެހެންމެ އޭސީސީއަށްވެސް މިކަން ކުރެވިފައި ނުވާކަމަށް ވިދާޅުވެ އޭސީސީއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެއެވެ.
މިމައްސަލާގައި މަޖިލިސް ރައީސްގެ ގޮޑި ކޮޅުގައި އިންނަވައި މަޖިލިސް ރައީސް އިއްޔެ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށެވެ. މިވާހަކައަކީވެސް އަނެއްކާވެސް މިމައްސަލާގައި އާވާހަކައެކެވެ. ހެދުނު މޮޅު ހެޑްލައިނެކެވެ.
ނަޝީދު ވިދާޅެވެފައިވަނީ މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުލިގެން ވަރަށް ގިނަ ޢާންމުން އެމަނިކުފާނާއި ސުވާލުކުރައްވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ބަލާނަން، ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު
އެމްއެމްޕީއާރުސީ މައްސަލާގައި ނަޝީދު ވާހަކަ ދެއްކެވުމުން އެމްޑީޕީގެ އެއްމެމްބަރު އަނެއް މެމްބަރަކަށް ވަގަށް ގޮވައި މިކަމުގެ ތުހުމަތު އެޅުވި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވައި އެމްޑީޕީގެ މެމްބަރުންވަނީ އެބޭފުޅުން އެބޭފުޅުންނަށް މިކަމުގެ ވާހަކަ ފޯރީގައި ދައްކަވާފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ މިމައްސަލާގައި ނަޝީދު އަގަހުޅުވާނަމަ ދައްކަން ހުރި ވާހަކަ މާގިނަ ކަމަށެވެ. އަދި އޭނާ ނިމިދިޔަ މަޖިލީހުގައި އަމަލު ކުރައްވާފައިވާނީ ސީދާ ނަޝީދު އެންގެވި ގޮތަށްކަމަށެވެ. މިކަމުގައި މަޖިލިސް ރައީސް ދެކޮޅު ހައްދަވާފައިނުވެއެވެ. އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިވެސް ނުވެއެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި އެކި ދުވަހު އެކިގޮތަށް ވާހަކަ ދައްކައި ހެޑްލައިން ހެދުމަކީ އާންމު ކަމެއްކަމަށް މިއަދު ރައްޔިތުން ގަބޫލުކުރެއެވެ. އަދި މިހެން ދައްކަވާ ވާހަކައަކީ ސިޔާސީ މަންފާއަކަށް ދައްކަވާ ވާހަކައެއްކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިފަހަރު މިވާހަކަ ތިލަވެގެން މިއުޅެނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސްގެ ކޮންޓްރޯލް ރައީސް ނަޝީދަަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ކާމިޔާބު ކުރެއްވުމުގެ ނިޔަތުގައިަމަށް ގިނަބަޔަކު ދެެކެއެވެ. އަދި މިހާރުވެސް އެމަސައްކަތް އެތެރެ އެތެރެއިން ކުރަމުންދާކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
2 Responses
Yameen ekani mmprc laarin vahkan kuree Ibrahim mohamed solih ge vaudhu eothee fuhdhaafa yameen golhi ah laafa
Bala laadheenee nasheedu thi vagulaari key ekaku thee thimahsala eh nubeleyne nuhahgun yaameenah fheyaniyaa thee vaguthun raees yaamaanu dhookohlaa.