2018 ވަނަ އަހަރު ބޭއްވު ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ވެފައިވަނީ އެތައް ބައެއް ވެފައިވާ ބޮޑު ޤުރުބާނީ އަކުންނެވެ. އެތައް ދުވަހު، އެތައް މަހަކު، ޖަލުގައި ލޯބިވާ އާއިލާއާއި މުޅި މުޖުތަމައުއާއި ވަކިން ޖަލުގައާއި، މަގުތަމަތީގައާއި ބޭރުގެ އެކި ޤައުމުތަކުގައު ކުރި ބުރަ މަސައްކަތުންނެވެ. އޭރުގެ ވެރިކަމާއި ދެކޮޅަށް 18 ވަނަ މަޖިލިސް ތެރެއިން އެންމެ ފުރަތަމަ ނިކުތް މަދު މެމްބަތުންގެ ތެރޭގައި މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހިމެނި ވަޑައިގަންނެވެ.
ފާޅުގައި އޭރުގެ ވެރިކަމާއި، ސަރުކާރުން ކުރަމުންދިޔަ ކަންކަމާއި ދެކޮޅަށް މަޖިލިސް ތެރޭގައި ދެކޮޅު ހައްދަވައި، ގެންދެވީ އިހުތިޖާޖު ކުރައްވަމުންނެވެ. މި އިހުތިޖާޖުތަކުގައި އެތައް ދުވަހު ސިފައިން ފޮނުވައިގެން މަޖިލިސް ތެރެއިން އެކިވަރުގެ އަނިޔާތަކާއިއެކު ބޭރުކޮށްލާފައިވެއެވެ. އަދި ބައެއް ދުވަސްދުވަހު މަޖިލިސް ފާރުމަތިންވެސް ނަގާ އެއްލާލާފައިވާ މަންޒަރުވަނީ ފެނިގެން ގޮސްފައެވެ.
ވެރިކަން ނިމުމަކަށް ގެނައުމަށް މަޖިލިސް ތެރެއިން ކުރި މަސައްކަތުން މަޑުމަޑުން އިދިކޮޅު ކޯލިޝަން ހެދި މުޒާހަރާތަކާއި އަޑު އުފުލުންތައްވެސް ފެށުނެވެ. މިމަަސައްތުގައިވެސް ނަގައިކިޔައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ މަހުލޫފުއެވެ. ނަމަވެސް މަހުލޫފަށް މާ ގިނަދުވަހު މަގުމަތީގައި ސަރުކާރަށް ޕްރެޝަރު ކުރަން އޭރުގެ ސަރުކާރުން ޖާގައެއް ނުދިނެވެ. ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ، މަހުލޫފްވަނީ ޖަލަށް ލާފައެވެ.
މަހުލޫފް ޖަލަށްލާފައި އޮތް އިރުވެސް ބޭސްފަރުވާއަށާއި އެކި ކަންކަމު މާލެ ގެންނަވާއިރުވެސް ވެރިކަން ބަދަލުކޮށް އޭރުގެ ވެރިމީހާއަށް އިސްތިއުފާއަށް ގޮވައި އިދިކޮޅުގައި ތިއްބެވި މީހުންނަށް ހިތްވަރުދީ ހައްދަވާފައިވެއެވެ. މާފުށީ ޖަލުގައި 11 މަހެއްހާ ދުވަސް ހޭދަކުރައްވުމަށްފަހު މިނިވަންގެ މަހުލޫފަށްޓަކައި އޭރު އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވެފައިވަނީ ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން މިނިވަންވަންދެން ހުއްޓާނުލައްވައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ވަޑައިނުގެންނެވި މަޖުބޫރީ ހާލަތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ރާއްޖެ ވަޑައިގެންނެވެންދެން މަސައްކަތް ކުރައްވާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.
މަހްލޫފު ފާހަގަކުރެއްވި ގޮތުގައި ޖަލުގައި އޭނާ ހޭދަކުރެއްވި 11 މަހަކީ ވަރަށް އުނދަގޫ، ވަރަށް ދަތި ދުވަސްތަކެކެވެ. އަނބިދަރިން، ޚާއްސަކޮށް ތުއްތު ދަރިފުޅާ ދުރުގައި ދުވަސްތަކެއް ހޭދަކުރެއްވުން ވަރަށް ދަތި ކަމަކަށް ވި ކަމަށް މަހްލޫފު ވިދާޅުވިއެވެ.
އަޅުގަނޑުގެ ދަރިފުޅާ ބައްދަލުވެ، ފޯނު ކޯލް ލިބޭ ކޮންމެ ފަހަރަކު އޭނާގެ ގާތަށް އަޅުގަނޑު ގެންދިއުމަށް އެ ކުރި އާދޭސް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ.
– މަހްލޫފު ވިދާޅުވެފައިވެއެވެ.
މިހުރިހާ ޤުރުބާނީއަކާއިއެކު މިއަދު ކެބިނެޓުން ޖާގަލިބި ވަޒީރެއްގެ މަޤާމަށް އާދެވުމުން ކޯލިޝަން ތެރެއިން ޚުދު އޭނާ ނިސްބަތްވާ އެމްޑީޕީ ތެރެއިން އޭނާއަށް ކުރިމަތި ކުރުވާ ފިއްތުންތަކާއި، ޕްރެޝަރު އިންތިހާއެވެ. ވަޒީރަކަށް ވަޑައިގެން ދުވަހުން ފެށިގެން ގުނަމުންދާ ކޮންމެ ދުވަހަކީ ނުވަތަ ކުރިމަތިލާ ކޮންމެ މާދަމައަކީ ވަޒީރު ކަމުގައު ހުރެވޭނެ އެންމެ ފަހު ދުވަސްކަމުގެ ބިރު މިއަދު އެބައޮތެވެ. މިއަދު ކެބިނެޓްގައި ތިއްބެވި ވަކިވަކި ވަޒީރުންނަށް ބަލާއިރު، ހައްގު ގޮތުގައި މަސައްކަތްކޮށް ހައްގު މަޤާމެއްގައި ހުންނެވި ހަމައެކަނި ވަޒީރަކީ މަހުލޫފޭ ދެންނެވުމުން އެކަމަށް އިންކާރު ކުރާނެ މީހުންވެސް މަދުވާނެއެވެ.
ކުރިމަތިވާ ހުރަސްތަކާއިއެކުވެސް ވަޒީރުންގެ ތެރެއިން ނަތީޖާ ނަރެދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުތައް ރަނުން ރަނަށް ފުއްދަވާ ދެއްވާ ހަމައެކަނި ވަޒީރަކީވެސް މިނިސްޓަރ މަހުލޫފްއެވެ. ގޮންޖެހުންތަކާއި ހުރަސްރަކާއިއެކު މިއަދުވެސް ރާއްޖޭގައި ޔޫތު މިނިސްޓްރީގެ ޕްރޮޖެކްޓެއް ނުހިނގާ ރަށެއް އަތޮޅެއް މަދުވާނެއެވެ. ނަމަވެސް މިހުރިހާ މަސައްކަތަކާއި ގުރުބާނީއަކާއިއެކު މަހުލޫފް ހުންނެވީ ތޫނު ވަޅިއެއްގެ މިޔަމަތީގައެވެ.
2 Responses
މީސިއާސީ ކުފޫ ހަމަ މީހުން ނައް އެމީހުން ގެ ރަރިން ރަގަނޅު ގޮތުގައި ތަރުބިއް އަތު ނުކުރެވޭ ކަމުގެ ހެކި އެސޮރު އެއީ އަލިފާން ބާ
Dhefushu elhey meehunah evaruves fudhey