އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ ހުރިހާ އެންމެން ކަރަންޓިންވާންޖެހޭގޮތަށް ކަނޑައަޅައިފިއެވެ.
އަވަށްޓެރި އިންޑިއާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރި މުޅިޤައުމު ނުރައްކަލެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ. އިންޑިއާގެ ޙާލަތު ގޯސްވެ އެހެން ޤައުމުތަކުން ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިންޑިއާގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުންވެސް ހިމެނެއެވެ. އިންޑިއާއިން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ރެކޮޑް ޢަދަދަކަށް މީހުން އަންނަނީ ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ އިމިގްރޭޝަނުން ބުނީ، އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެޤައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ހޯމް ކަރަންޓީންގެ 10 ދުވަސް މިފަރާތްތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، 22 އޭޕްރިލުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Announcement for the Maldivian Citizens and work visa holders traveling to the Maldives from India. pic.twitter.com/efBFiHPPd3
— Maldives Immigration (@ImmigrationMV) April 22, 2021
އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވާއިރު އިންޑިއާއިން ކޮންމެ ދުވަހަކުވެސް ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. މިހާތަނަށް 16.2 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހި 186 ހާހަށްވުރެ ގިނަ މީހުން ވަނީ އިންޑިއާއިން މަރުވެފައެވެ.
ކޮމެންޓު ފޮނުވާ