ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރިގެ ގުޅުން ބަދަހިކުރަނީ

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރިގެ ގުޅުން ބަދަހިކުރަނީ

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2021 08:52
0

ރާއްޖެއާއި އިނގިރޭސިވިޅާތާއި ދެމެދު ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިނގިރޭސިވިލާތުގެ އިންޓަރނޭޝަނަލް ޓްރޭޑް މިނިސްޓަރ އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރަނިލް ޖަޔަވަރްދެނަ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ރާއްޖެއާއި އިނގިރޭސިވިލާތާއި އޮތް ގުޅުމާއި ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރަނިލް ވިދާޅުވީ، ދިވެހިރާއްޖެއަކީ އިނގިރޭސިވިލާތުގެ ވަރަށް ގާތް ބައިވެރިއެއްކަމަށާއި، ދެޤައުމުގެ ދެމެދުގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އޭގެތެރޭގައި ކާބޯ ތަކެއްޗާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި ސިއްޙީ އަދި ފިޓްނެސްގެ ދާއިރާއާއި، ތިމާވެއްޓާއި ސައިންސް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގު ހިމެނޭކަމަށް ރަނިލް ވިދާޅުވެފައިވެއެވެ.

ޚާއްޞަކޮށް މާލީ ދާއިރާއިންނާއި އަދި ތަރައްޤީގެ މަޝްރޫޢުތަކާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބަލަމުން އަންނަކަމަށްވެސް އިންގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އިންޓަރނޭޝަލް ޓްރޭޑް މިނިސްޓަރ ވިދާޅުވިއެވެ.

ރަނިލް ޖަޔަވަރްދެނަ އަކީ އެޤައުމުގެ ނޯތް އީސްޓް ހަމްޕްޝާ ތަމްސީލް ކުރައްވާ މެންބަރެވެ. އަދި މެއި 2020 ވަނަ އަހަރުން ފެށިގެން އެޤައުމުގެ އިންޓަރނޭޝަން ޓްރޭޑް މިނިސްޓަރުވެސްމެއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ޚައްޞަކޮށް ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ފާހަގަކޮށްލެވެއެވެ.އ ެގޮތުން އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. ރާއްޖެއިން އަންނަނީ އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިހާތަނަށް ޑިއުޓީ ކުޑަކޮށްދީފައިވާއިރު، މަހުން ނަގާ ޑިއުޓީއާއި ގުޅޭގޮތުން ރާއްޖެއަށް ފައިދާހުރި ގޮތްތަކެއް ނިންމައިދޭނެކަމަށް އެ ޤައުމުން ކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަރުލަމާނު
މިއޮތީވެސް ބަރުލަމާނީ ނިޒާމު އޮންނަ ގައުމެއް. ދުނިޔޭގެ އެންމެ އަގުބޮޑު ފައިސާ ކަމަށްވާ ޕައުންޑް ގެންގުޅޭ ގައުމު. އިންޓަރނޭޝަނަލް ޓްރޭޑް މިނިސްޓަރަކަށް އެހުރީ އިނގިރޭސިވިލާތުގެ ނޯތް އީސްޓް ހަމްޕްޝާ ތަމްސީލު ކުރާ މަޖިިލިސް މެމްބަރު.. ރާއްޖޭގަވެސް ހަމަ މިނިޒާމު މިހެން ހިންގޭނެ. މަޖިލީހަށް ހޮވޭ މެމްބަރުންގެ ތައުލީމީ ފެންވަރުވެސް އެއަންނަނީ އެއްދައުރުން އަނެއް ދައުރަށް ރަނގަޅު ވަމުން. އަދުރޭމެން ޖާބިރުމެން ގާސިމުމެން ސަން ސިޔާމުމެން ކަހަލަ މީހުން ނުހޮވީމަ ތައުލީމީ ގާބިލް މަޖިލީހެއް އޮންނާނީ.. މިިނިސްޓަރުކަން ކުރާނީ ރައްޔިތުންގެ ވޯޓުން ހޮވޭ މީހުން. އަމީނަކާ މަލީހަކާ ވަހީދަކާއެއް ނޫން އޭރުން.