ދެ ވަނަ ޑިވިޝަނުގެ އެއް ވަނައިގައި އޮތް ނޯވިޗް ސިޓީ އަށް އަލުން ޕްރިމިއާ ލީގުން ފުރުސަތު ލިބިއްޖެ އެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންްޝިޕް)ގެ މި ހަފްތާގެ މެޗުތަކަށް ނުކުތުމުގެ ކުރިން ނޯވިޗް އަލުން ޕްރިމިއާ ލީގަށް އަންނަން ބޭނުންވެފައި އޮތީ ދެ ޕޮއިންޓެވެ. އެކަމަކު ނޯވިޗްގެ މެޗުގެ ކުރިން ދެ ވަނައިގައި އޮތް ވަޓްފޯޑާއި ތިން ވަނައިގައި އޮތް ސްވަންސީ ސިޓީ ކުޅުނު މެޗުތަކުން މޮޅުނުވުމުން ނޯވިޗަށް ޕްރިިމިއާ ލީގުން ފުރުސަތު ލިބުނީ އެވެ.
ލީގުގެ ޖާގަ ޔަގީންވި ފަހުން ނޯވިޗް ރޭ ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 3-1 އިން ބަލިވެފަ އެވެ.
ކޮމެންޓު ފޮނުވާ