ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީެ ކުރިއަރގެ މަގުން ތަފާތު ދެފަހަރެއްގެ މަތިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވަކމަށެވެ. މިތަކެތި އަތުލައިގެންފައިވަނީ 2021 އޭޕްރީލް 17 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1,579 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ޖުމްލަ 4,737,000.00 (ހަތަރު މިލިއަން ހަތްލައްކަ ތިރީސް ހަތްހާސް) ރުފިޔާއަށް އަރައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ