ޑޮކްޓަރުން އަދާކުރެއްވި ދައުރަށް ޝުކުރު ޙައްޤު: ރައީސް

ޑޮކްޓަރުން އަދާކުރެއްވި ދައުރަށް ޝުކުރު ޙައްޤު: ރައީސް

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2021 01:53
0

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޑޮކްޓަރުން އަދާކުރެއްވި ދައުރަށް ޝުކުރު ހައްގުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށްދިނުމަށް ފާއިތުވި އަހަރެއްހާ ދުވަހު ޑޮކްޓަރުން ކުރެއްވި ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ޑޮކްޓަރުން އަދާކުރައްވާ ދައުރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާއެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަކަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދާއިރު އަދިވެސް ޑޮކްޓަރުންގެ މަސައްކަތަށް ނިމުމެއް ނެތެވެ. މަސައްކަތަކަށް ހުއްޓުމެއްނެތެވެ. ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ 900 އެއްހައި ޑޮކްޓަރުންނަށް ހަމަޖެހުމެއް ލިބިގެންދާނީ މިބަލީގެ ނުރައްކާ ރާއްޖެއިން މުޅިން ފިލައިގެންދިޔުމުންނެވެ.

މި ހިތްވަރުގަދަ "ފަހުލަވާލުން"ގެ ޚިދުމަތް ދިވެހިން ބަލައިގަންނަނީ ނިހާއީ ޝުކުރުވެރި ހިތަކާއެކުގައެވެ. ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން ވަމުންދާ ޤުރުބާނީ ދިވެހިން ޤަބޫލުކުރަނީ ޤައުމީ މަތިވެރި ޚިދުމަތެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.