މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަނީ

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2021 09:56
0

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިމީހާއަކީ މިއަހަރުގެ މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު ފަރާތެވެ. އަދި މިހާތަނަށް ކުރެވެނު މަސައްކަތްތަކުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފުލުހުން
ފުލުހަށް ދޭނެ މައުލޫމާތެއް ނެތް