ނިމިދިޔަ ކައުންސިލް އިންތިޚާބު ބޯމަތިވުމުން އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ އިސް ބޭފުޅުނާއި ކުންފުނިތަކުގެ ވެރިން ރަށްތަކަށް ކުރި ދަތުރުތަކުން އިންތިޚާބަށް ބޮދެތި އަސަރުތަކެއް ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބަށް ދެހަފްތާއެއްހާ ދުވަހަކަށް ވެފައި ވަނިކޮށް ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި ބައެއް މަޖިލިސް މެމްބަރުން ވަނީ އެކި ދާއިރާތަކަށް ވަޑައިގެން ތަފާތު އެކި ޕްރޮޖެކްޓްތައް އިފްތިތާހު ކުރުމާއި، ސިޔާސީ ހަރަކާތްތައް ހިންގާފައެވެ. އިންތިޚާބުގައި ސަރުކާރާއި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އުންމީދުކުރި ވަރުގެ ނަތީޖާއެއް ހާސިލް ވެފައި ނުވެއެވެ. ސަރުކާރުން ބުނަމުން ދިޔައީ އިންތިޚާބުގެ 75 އިންސަތަ ވޯޓުން ކާމިޔާ ބުކުރާނެކަމަށެވެ.
އިންތިޚާބާއި ދިކޮށް ސަރުކާރުގެ ވެރިން ކުރެއްވި ދަތުރުތަކަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ އިންތިޚާބު ބޯމަތިވުމުން ވަކި މަގުސަދެއް ހާސިލް ކުރުމަށް ރަށްތަކަށް ދަތުރު ކުރުމުން އޭގެ ގެއްލުން ވަރަށް ގިނަ ރަށްތަކަށް ކުރިމަތި ވިކަމަށެވެ. އަދި މިއަދު އިންތިޚާބުން ފެންނަމުންދާ ނަތީޖާއަކީ އެއީކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުން ރަށްތަކަށް ވަޑައިގެން ކުރެއްވި ވިޔާނުދާ ކަންކަމުގެ އަސަރު ސީދާ ގޮތުން އިންތިޚާބަށް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.ރާއީ ވިދާޅުވާ ވިޔާނުދާ ކަމަކީ އިންތިޚާބާއި ދިމާކޮށް ތަރައްޤީގެ ނަމުގައި ކަޑަޖެހުން ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ވަކިވަކި ދާއިރާތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވެ، ކުރި ވިޔާނުދާ ކަންކަމުގެ އަސަރު ޖުމުލަކޮށް އޭގެ ދެރަ ލިބިގެންދިޔަ.
– ރާއީ ވިދާޅުވިއެވެ.
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ އިސްވެރިން ކެނޑިނޭޅި ރަށްތަކަށް ދަތުރުކޮށް ސިޔާސީ ބޮޑެތި ހަރަކާތް ހިންގި ނަމަވެސް އިދިކޮޅު ފަރާތްތަކަށް ދަތުރު ކުރުމުގެ އެއްވެސް ފުރުސަތެއް ފަހިކޮށްފައި ނުވެއެވެ. ނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކަ ގޮތުން އިދިިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އިދިކޮޅު ލީޑަރު ޖަލުގައި ބަންދުކޮށްފައި ވަނިކޮށް، އަދި ރަށު ބަންދުކޮށްގެން ބޭއްވި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. ޚާއްސަކޮށް މާލެ ސިޓީން ހޯދި ކާމިޔާބީއަކީ މިއިންތިޚާބުގައި ލިބުނު އެންމެބޮޑު ކާމިޔާބީކަމަށް އިދިކޮޅުން ސިފަ ކުރެއެވެ.
ކޮމެންޓު ފޮނުވާ