އިސްލާމީ ނަޡަރަކުން މަރުގެ އަދަބުގެ ވާހަކަ ދައްކާއިރު އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރަން ޖެހެއެވެ.
ފުރަތަމަ: އިސްލާމްދީން އަބަދުވެސް ބާރުއަޅުއްވަނީ އަދަބު ދިނުން ދުރުކުރުވުމަށެވެ. ޚާއްޞަ ގޮތެއްގައި މަރުގެ އަދަބު ދިނުމުން ދުރުކުރުވުމަށެވެ. ﷲ ގެ ޢަދާލަތު ގާއިމު ކުރުމަށްޓަކައެވެ. އެހެންކަމުން، އެއްވެސް ޝުބްހަތެއް ވާނަމަ ޙައްދު ގާއިމު ނުކުރުމަށްވެސް ވަނީ އަންގަވާފައެވެ. ޝުބްހާގެ މާނައަކީ ކުށެއްކުރިކަން ސަތޭކަ ޕަސެންޓް ޔަގީންވާވަރުގެ ހެކިލިބެން ނެތުމެވެ. އެހެންނަމަވެސް، ހިތާމައަކީ މިޒަމާނުގެ ގިނަ މީހުންނަށް މިކަން ނުވިސްނޭތީވެއެވެ.
ވީމާ، މައްސަލާގައި ކުޑަވެސް ޝުބްހާ އެއް އުޅޭނަމަ، އެކަމެއްގައި ކަނޑައެޅިފައިވާ ޢުގޫބާތުގެ ބަދަލުގައި އެޔަށްވުރެ ދަށް ދަރަޖައެއްގެ އަދަބަކަށް ދާން ޖެހެއެވެ. މިއަދަބެއް ކަނޑައަޅާނީ ޢަދްލުވެރި ޝަރީޢަތުގެ މަޖިލީހަކުންނެވެ.
އިސްލާމީ ޝަރީޢަތުގެ މަގްޞަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަގްޞަދަކީ ނަފްސު ޙިމާޔަތްކޮށް ރައްކާތެރި ކުރުމެވެ. މާނައަކީ، މަރުގެ އަދަބު ދިނުމުން ދުރުހެލި ކުރުވުމެވެ.
ގަޞްދުގައި މީހަކު މެރުން (ގަތްލުލް ޢަމްދި)
ގަޞްދުގައި މީހަކު މެރި މީހާގެ އަދަބަކީ މެރުން ކަމުގައި ހުރިހާ އިމާމުން އިއްތިފާގްވެލައްވައެވެ. އަދި ގުރްއާނާއި ޙަދީޘުންވެސް އެކަން ޘާބިތުވެއެވެ.
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.
One Response
އިޔާޒަކީ ސިޔާސީ ދީނީ ޢިލްމުވެރިއެއް. މީ ވަރަށް ގިނަ ވާހަކަ. އޭނަ ކަމަކު ނުދޭ. މި ކޮމެންޓް ނުޖަހާނެކަންވެސް އެނގޭ