ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންގާރަ ދުވަހު އިއުލާންކުރަން ފަށަނީ

ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންގާރަ ދުވަހު އިއުލާންކުރަން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2021 11:08
0

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭގެ ނިޔަލަށް އިއުލާންކޮށް ނިންމާލާފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުންދިޔައިރުވެސް ކޮމިޝަނުން ވަނީ އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލަމުންނެވެ. ކޮމިޝަންގެ ބުނެފައިވަނީ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ކޮންޕްލެއިން ބިއުރޯތަކަށާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާވެސް ބަލަމުން ދާކަމަށެވެ.

އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށަހެޅިފައެވެ. އަދި ސިޔާސީ ޕާޓީތަކުންވަނީ ކޮމިޝަނަށް ހުށަހެޅާފައިވަނީ 21 ޝަކުވާއެވެ. ހަބީބު ވިދާޅުވީ ޝަކުވާތައް ބަލަމުންދާއިރު އެއްވެސް ވޯޓު ފޮއްޓެއް އަލުން ހުޅުވައިގެން ބަލަން ޖެހިއްޖެނަމަ އެކަން ދުރާލައި ކެނޑިޑޭޓުންނަށާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް އަންގާނެކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވާއިރު، ޕީޕީއެމް އަށް އެއް ސިޓީއެއްގެ މޭޔަރުގެ ގޮނޑި އަދި 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހެޔޮނުވާނެ..
މާތްކަލާކޯ!!!ECޝަރީފޫ.... ތިޔަކަންތައް ތިޔަގޮތައް ނުނިންމާތި... މަޖުލިސް ބޮއްޅަބެއަށް ހުރިހާ ފޮށްޓެއްދީ... އެސޮރު ތިޔަކަން ރަނގަޅަށް ކުރާނެ...
A Altion
ފޮށިތައް ގުނިއިރު މައްސަލަ ނުޖެހޭ ފޮށިތަށް އަލުން ގުނަން ށަކުވާ ހުށަހެޅީ އެމްޑީޕީ އަށް ބައެއް ގޮނޑިތައް ކާމިޔާބު ނުވުމުން! އެހެން އެއްވެސް ސަބަބެއް ނެތް!