ނަޝީދު ނީލްޑައުންކޮށް 100 ފަހަރު ކިޔުއްވަންވީ މާލޭ މޭޔަރަކީ ޑރ.މުއިއްޒުއޭ: ޝުއައިބު

ނަޝީދު ނީލްޑައުންކޮށް 100 ފަހަރު ކިޔުއްވަންވީ މާލޭ މޭޔަރަކީ ޑރ.މުއިއްޒުއޭ: ޝުއައިބު

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2021 12:11
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މާލޭ މޭޔަރަކީ ކާކުކަން ސާފުވާ ވަރަކަށް އެމަނިކުފާނު އަމިއްލައަށް އެކަން ކަށަވަރު ކުރައްވަން ވެއްޖެ ކަމުގައި އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި އެމްޑީޕީން ބޮޑު ބައްޔަކުން ބަލިވެ މާލޭގެ މޭޔަރުކަމަށް ޑރ.މުއިއްޒު އިންތިޚާބު ކޮށްފައިވާއިރު އިންތިޚާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް އުފައްދަވައި ބައެއް ވޯޓު ފޮށިތައް ގުނުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. މާލޭގައި އެމްޑީޕީން ބަލިވިކަމަށް ރައީސް ނަޝީދުވަނީ ގަބޫލުވެސް ކުރައްވާފައެވެ. ނަމަވެސް ބަލިވީ ޕީޕީއެމްއަށް އޮތް ތާއީދަކުން ނޫންކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

ނަޝީދު ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ޝުއައިބު ވިދާޅުވީ މާލޭގެ މޭޔަރަކީ ކޮން ބޭފުޅެއްކަން ކަށަަރުނުވާނަމަ ރައީސް ނަޝީދު ދެއަތް މައްޗަށް ނަގައި ފާރަށް މޫނު ވާގޮތަށް ނީލް ޑައުން ކޮށްފައި 100 ފަހަރު އަންނި ލައްވައި ކިޔުއްވަންވީ މާލޭ މޭޔަރަކީ ޑރ.މުއިއްޒު މިހެން ކަމަށެވެ. ޝުއައިބަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޑރ.މުއިއްޒު މާލޭ މޭޔަރުގެ މަޤާމަށް އިންތިޚާބު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ.

އަންނިގެ ދެއަތް މައްޗަށް ނަގާފަ، ފާރަށް މޫނު ވާގޮތަށް ނީލް ޑައުން ކޮށްފައި 100 ފަހަރު އަންނި ލައްވައި ކިޔުއްވަންވީ މާލޭ މޭޔަރަކީ ޑރ.މުއިއްޒު، މިހެން.

– ޝުއައިބު ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ރާއްޖޭގެ 75 އިންސައްތަ ގޮޑި ކާމިޔާބު ކުރާނެކަމަށް ރައީސް ނަޝީދާއި، ރައީސް ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ގެ މޭޔަރުގެ މަޤާމު 60 އިންސައްތައަށްވުރެ ބޮޑު އައިލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް މިދެބޭފުޅުން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި އެމްޑީޕީއަށްވަނީ އެޕާޓީއަށް މީގެ ކުރިން ވަރުގަދަ ސަޕޯޓެއް އޮންނަ ގިނަ ދާއިރާތަކެއް ގެއްލިފައެވެ. އަދި ލިބުނު ގިނަ ދާއިރާތަކަށްވެސް ޕީޕީއެމްގެ މެމްބަރުންވެސް ވަނީ އިންތިޚާބު ވެފައެވެ.

މި އިންތިޚާބާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިއީ ރައްޔިތުން ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ދިން ވަރަށް ރަނގަޅު މެެސެޖެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅުކޮށް ރައްޔިތުން އެދޭ ނަތީޖާ ނެރުއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.