ޖަލުގައިތިބި މީހުންގެ ދަރިންނަށް އަނިޔާކުރަންވެސް މިސަރުކާރުން ފެށީބާ: މުސްތަފާ

ޖަލުގައިތިބި މީހުންގެ ދަރިންނަށް އަނިޔާކުރަންވެސް މިސަރުކާރުން ފެށީބާ: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2021 08:37
0

ޖަލުގައިތިބި މީހުންގެ ތެރެއިން އަހުލެއް ވަހުލެއްނެތް މީހުންގެ ދަރިންނަށް އެއްވެސް ބެލުމެއްނެތި މިސަރުކާރުން އަނިޔާކުރަންދާކަމުގެ ތުހަމަތު ކުރެވޭއިރު މިކަންވެސް މިހާރު ކުރަންފެށިތޯ ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ސުވާލު އުފައްދައިފިއެވެ.

މުސްތަފާ މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މީގެ އެއްދުވަަސް ކުރިން ޖަލުގައި ބަންދުކޮށްފައިވާ ތިމަފުށީ މީހަކަށް އަނިޔާކުރި މައްސަލަ އަކާއި ގުޅިގެންނެވެ. މިއީ ޓެރަރިޒަމްގެ ތުހުމަތުގައި ޖަލަށް ލާފައިވާ މީހުންގެ ތެރެއިން މީހެކެވެ. މުސްތަފާ ވަނީ ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ މިސަރުކާރުން މިހާރު ކުރަން ފަށާއިވާކަމެއްތޯ ސުވާލު ކުރައްވާފައެވެ.

ޖަލުގައިތިބި އަހުލެއް ވަހުލެއް ނެތް މީހުންގެ ދަރިންގެ ގައިގައި ތަޅާ އަނިޔާ ކުރަމުންދާކަމަށް ރައްޔިތުން ތެރޭގައި ވާހަކަ ދައްކަން ފަށައިފި. އަނެއްކާ އެކަންވެސް މިސަރުކާރުން ފެށީބާ.

– މުސްތަފާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާ ގޮތާއި މެދު އާއިލާއިން ޝަކުވާއެއް ހުށަހަޅާފައިވާކަމަށެވެ.

އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއިމެދު އާއިލާއިން ވަނީ ޝަކުވާއެއް ހުށައަޅާފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ ބަހައްޓާފައި ހުރި ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް “ކެމެރާ ބްލައިންޑް” ކުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަޙްސަން މުޙައްމަދަށް އެންގިކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި، މާރާމާރީ ހިންގުމުން، ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވެއެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވާކަމަށް ފުލުހުން ވަނީ ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯއާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި އެކަން ބަލަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.