ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން މަގުތަށް ނިކުމެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ އަންހެން ސަޕޯޓަރުން ދަނީ މާލޭގެ މަގުތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށާއި، އެމަނިކުފާނު ރޯދަމަހު ގެއަށް ބަދަލު ކޮށްދެއްވުމަށް ގޮވާލަމުންނެވެ. އަދި އެމަނިކުފާނަށް ދެމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް އަޑުއުފުލަމުންދާ ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ. އެއްވިމީހުން އަޑުއުފުލަމުންދާއިރު ބައެއް ސަރަހައްދު ތަކުން ޓްރެފިކް ޕޮލިހުން ދަނީ އެއްވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ރަމަޞާން މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނުގެ އާއިލާއިންވަނީ ރައީސް ޞާލިހުގެ އަރިހުގައި އެދިވަޑައިގެންފައެވެ. ނަމަވެސް މިކަމަށް އެމަނިކުފާނު އަދި ރަސްމީ ޖަވާބެއް ދެއްވި ކަމެއް އެގިފައިނުވެއެވެ. ނަމަވެސް ދާއިދި ފަހުން ރައީސް ޔާމީން ވަނީ ވެކްސިން ދިނުމަށް ކަމަށްބުނެ މާލެ ގެނެސް އަނބުލައި ޖަލަށް ގެންސްގޮސްފައެވެ.
ރައީސް ޔާމީީން މިނިވަން ކުރުމަށް ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް ބުނެފައި ވީނަމަވެސް މިސަރުކާރުން އިޖާބާ ނުދޭނަމަ މަގުތަކަށް ނިމުގެ މުޒާހަރާތައް ވަރުގަދަ ކުރާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. މިރޭގެ އެއްވުންވެސް ފެށިއިރު މާގިނަ މީހުން ނެތްނަމަވެސް މިހާރު އެއްވުމުގައި ގިނަ ބަޔަކު ދަނީ ބައިވެރިވެ އަޑު އުފުލަމުންނެވެ.
އެއްވި މީހުން ބުނަމުންދަނީ ރައީސް ޔާމީން މިނިވަން ކުރަންދެން ހުއްޓާނުލައި މި ހަރަކާތްތައް ހިންގާނެކަމަށެވެ. ސަރުކާރުން މިކަންކަމަށް ކިތަންމެ ހުރަސް އެޅިޔަސް ހަރަކާތްތައް ހުއްޓާނުލާނެކަމަށް އެއްވި މީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ