ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އަތޮޅު ތެރޭގެ ރަށެއްގައި ފިޔާތޮށި ކުލަލާފައިވާ ރުކެއް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާލުމަކީ މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބިޔަ ޕްރޮޖެކްޓްކަމަށް ކުރީގެ ވަޒީރު މުހައްމައު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުތަކެއް ލައިގެން، ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑަން ގިނަ ބަޔަކު އެއްވެފައިވާއިރު، އެ ވީޑީއޯގައި ރުށް ކަނޑަމުން ބައެއް ފަރާތްތަކުން “ﷲއަކްބަރު” ގޮވާ އަޑުވެސް އިވިގެން ދެއެވެ. އެ ވީޑީއޯ މީސްމީޑީއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމްޑީޕީއަށާއި އެކަން ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް މަލާމާތް ކޮށްފައެވެ.
އެމްޑީީގެ ސަޕޯޓަރުން ހިންގި މިއަމަލު އެޕާޓީން ވަނީ ކުއްވެރިކޮށްފައެވެ. މިކަމާއި ގުޅިގެން ކުރީގެ ވަޒީރު މަލީހު ވިދާޅުވީ ރުއް ކަނޑާލުމަކީ މިސަރުކާރުން ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ތިމާވެށިގެ ބައްޕަ ކަމަށް ހެދިގެން އުޅުއްވާ ރައީސް ނަޝީދާއި އެމްޑީޕީން ތިމާވެއްޓަށް ދޭ އަހައްމިޔަތު ކަން ކަމުގައެވެ. މިކަމުން އެގިގެންދަނީ ރައީސް ނަޝީދު މަޖިލީހުގައި ކުރައްވާ މަސަައްކަތަކީވެސް މިފަދަ މަސައްކަތްތަކެއް ކަމަށް މަލީހު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން މިހާތަނަށް ހިންގި އެންމެ ބިޔަ ޕްރޮޖެކްޓް. ހެއްވާ ކަމަކީ ރައީސް ނަޝީދު އިރުއިރު ކޮޅާ އެބަވިދާޅުވޭ ތިމަންނާޔަކީ ތިމާވެށީގެ ބައްޕައޭ. މީތޯ ތިމާވެށި ހިމާޔަތް ކުރުމަކީ? މަޖިލިހުގައި އެކުރާ ކަންތަކާ މިކަމާ ތަފާތެއް ނެތް. ކުރާ މީހާ ތަފާތީ.
– މަލީހު ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފިޔާތޮށި ކުލަލާފައިހުރި އެ ރުއް އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ކަނޑާލާފައިވަނީ ކަރަންޓް ކީހެއް ބޭނުން ކޮށްގެންނެވެ. ރީދޫ ޓީސާޓާއި ރީދޫ ފޮތިތަކެއް ގައިގައި އޮޅައިގެން ތިބި ބަޔަކު ރުއް ކަނޑާލަން ނިކުތުމުން ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ރުކުގައި ބައްދައިގަނެ ރުއް ކެނޑުމަށް ހުރަސް އަޅާފައެވެ. ނަމަވެސް އެމީހާ އެ ތަނުން ދުރުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓް ކީހުން ވަނީ ރުއް ބިމާ ހަމަކޮށްލާފައެވެ.
އެ މަންޒަރު ފެންނަނަ ވީޑިއޯތަކާއެކު ވަރަށް ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. އަދި ސިޔާސީ ފިކުރު މި ދަރަޖައަށް ގެންދިއުން ބަލައިނުގަނެވޭ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ